ވަރުގަދަ ޕީއެސްޖީއަށް ބުރޫޖު ބަލި ނުކުރެވުނު

ވަރުގަދަ ޕީއެސްޖީއަށް ބުރޫޖު ބަލި ނުކުރެވުނު

Author
މުޙައްމަދު ޝަޒައިމް
16 ސެޕްޓެމްބަރ 2021 01:37
0

ޔުއޭފާ ޗެމްޕިއަންސް ލީގު ގްރޫޕް އޭގައި ވަރުގަދަ ސްކޮޑެއް އޮތް ފްރާންގެ ޕީއެސްޖީއަށް ކްލަބް ބްރޫޖްގެ މައްޗަށް ކުރި ނުހޯދުނުވެ.

ބްރޫޖްގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ ގިނަ ބަޔަކު ހީކުރި ގޮތާއި ހިލާފަށް އެއްލަނޑު އެއްލަނޑުން އެއްވަރުވެގެންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި ޖަހައިދިނީ ޕީއެސްޖީގެ އެންޑަރ ހެރޭރާއެވެ. މިލަނޑާއެކު ޕީއެސްޖީ މިމެޗް ފަސޭހަ ކަމާއެކު ކާމިޔާބު ކުރާނެކަމަށް ހީވި ނަމަވެސް ބްރޫޖްއިން ހިތްވަރު އެލުވާނުލާ ކުޅުމުގެ ނަތީޖާއަކަށް ވީ މެޗްގެ 27 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކުރުމެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ހާންސް ވަނެކެންއެވެ. މިމެޗް ވެގެން ދިޔައީ ލިއޮނެލް މެސީ ޕީއެސްޖީގެ ފުރަތަމަ އެގާރައިގާ ހިމެނިގެން ކުޅުނު ފުރަތަމަ މެޗަށެވެ.

ނަމަވެސް މިމެޗްގައި މެސީއަށްވެސް ބްރީޖްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އޭނާއަށް ލަނޑެއް ޖެހުމާއި އެންމެ ގާތަށް ދިޔައީ ގޯލްގެ ހުރަސް ދަނޑިޔަށް އަމާޒުވި ހަމަލާއެކެވެ. މިވަގުތު އެންމެ ފާހަގަ ކޮށްލެވޭ ފޯވަޑް ލައިނެއް އޮތް ކަމަށް އެންމެންވެސް ގަބޫލް ކުރާ ޕީއެސްޖީއަށް މިމެޗްގައި ބްރޫޖްގެ ކުޅުންތެރިން ޑިފެންޑް ކުރިލެއް ވަރުގަދަ ކަމުން ބޭނުންވި ގޮތަށް އެއްވެސް ކަމެއް ނުދިޔައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޕީއެސްޖީގެ ކޯޗް މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެސީ އާއި ކިލިއަން އެމްބާޕޭ އަދި ނޭމާ އެކުގާ ގުޅިގެން ރަނގަޅަށް ކުޅެން ވަގުތު ނަގާނެ ކަމަށާއި އެކުޅުންތެރިން އަދި އަންނަނީ އެއް ކުޅުންތެރިއެއް އަނެއް ކުޅުންތެރިއަކާއި އެކުގައި ކުޅެން ދަސްކުރަމުންކަމަށެވެ. މިމެޗް އެއްވަރު ވުުމުން ޕީއެސްޖީ އާއި ބްރޫޖް އޮތީ ގްރޫޕްގެ ދެވަނަ އާއި ތިންވަނައިގައެވެ. އެއްވަނައިގާ އުޅެނީ މެންޗެސްޓަރ ސިޓީއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.