އެމްއެންޕީގެ ވަގުތީ ސްޕޯކްސްޕާސަންއަކަށް އަސްރާ

އެމްއެންޕީގެ ވަގުތީ ސްޕޯކްސްޕާސަންއަކަށް އަސްރާ

Author
މުޙައްމަދު ޝަޒައިމް
15 ސެޕްޓެމްބަރ 2021 10:25
0

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ ސްޕޯކްސް ޕާސަންގެ މަޤާމަށް އަލްއުސްތާޛާ އަސްރާ އަޙްމަދު ހަމަޖައްސައިފިއެވެ.

އަސްރާއަކީ އެމްއެންޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރި މެމްބަރުންގެ ތެރޭގައި ހިމެނޭ ޒުވާން ކަނބަލެކެވެ. އަސްރާއަކީ ސިންގަޕޫރުން ގާނޫނީ ދާއިރާއިން ތައުލީމް ހާސިލްކޮށް ދިވެހިރާއްޖޭގެ ގާނޫނީ އަދި ތައުލީމީ ދާއިރާގަ މަސައްކަތް ކުރައްވާ އަދި DDGM ގެ އެކްޒެކެޓިވް ޑިރެކްޓަރުގެ މަގާމުގަި ހުރި ޒުވާން  ކަނބަލެކެވެ.

އެމްއެންޕީގެ ސްޕޯކްސް ޕާސަނެއް ހަމަޖައްސާފައި މިވަނީ އެޕާޓީ އުފެެއްދުމަށް މިއަދު 5،000 އަށްވުރެ ގިނަ މެމްބަރުންނާއިއެކު އިލެކްޝަނަށް ހުށަހަޅާފައި ވަނިކޮށެވެ. އިލެކްޝަންސް ކޮމިޝަނަށް އެމްއެންޕީ އުފެއްދުމަށް ފޯމް ހުށަހެޅުމަށް ބޭއްވި ރަސްމިއްޔާތުގައި، ވާހަކަ ދައްކަވަމުން އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް މުހައްމަދު ނާޒިމް ވިދާޅުވީ އެމްއެންޕީ އުފެއްދުމުގެ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުކަމަށެވެ. އަދި މިވީ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 5،000 އަށްވުރެ ގިނަ މެމްބަރުން އެމްއެންޕީއާއި ގުޅުނުކަމީ އެޕާޓީއާއިމެދު ރައްޔިތުން ކުރާ އުންމީދު ހާމަވެގެންދާ ކަމެއްކަމަށް ނާޒިމް ވިދާޅުވިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރ އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އިސްކޮށް ހުންނަވާ އުފައްދަވާ އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހުއެވެ.

އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފައެވެ. އަދި ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.