އެންމެ ދުވަހަކަށް ރައީސް ޔާމީން މިނިވަން ކޮށްދެވިޔަސް، މިވެރިކަމެއް ނޯންނާނެ: އަދުރޭ

އެންމެ ދުވަހަކަށް ރައީސް ޔާމީން މިނިވަން ކޮށްދެވިޔަސް، މިވެރިކަމެއް ނޯންނާނެ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
15 ސެޕްޓެމްބަރ 2021 10:08
0

ރައީސް ޔާމީން އެންމެ ދުވަހަކަށް ކަފާލާތުގެ ދަށުން ނަމަވެސް މިނިވަން ކޮށްދީފި ކަމުގައިވާނަމަ، މިވެރިކަން ދެމި ނޯންނާނެކަން ވެރިކަން ކުރާ ބޭފުޅުންނަށް ސާފުވާކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވި ރައީސް ޔާމީނަށް ނުހައްގުން ކޮށްފައިވާ ހުކުމަކީ އަދުލިވެރިކަމާއިއެކު ބަލައިފިނަމަ އެމަނިކުފާނު މިނިވަންވާނެ ހުކުމެއް ކަމަށެވެ. އަދި އެމަނިކުފާނަށް ފުލުފުލުގައި ކުރަމުންދާ ޝަރީއަތްތައަކީ އެމަނިކުފާނުގެ ދެއަތް ބަދެ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ވިއްކާލުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށެވެ.

ރައީސް ޔާމީން އެންމެ ދުވަހަކަށް މިނިވަން މިނިވަން ވެއްޖެ ކަމުގައި ވާނަމަވެސް އެމްޑީޕީ ބޭފުޅުންނަށް ސާފުވޭ މިވެރިކަން ނޯންނާނެކަމަށް. އެކަމާއި ބިރުން މުޅި ފަނޑިޔާރުގެއަށް އަތްބާނައިގެން ރައީސް ޔާމީން މިނިވަން ނުވޭތޯ ކުރެވެން އޮތް މަސައްކަތްތަކެއް ކުރަމުންދަނީ. މާދަމާވެސް ރައީސް ޔާމީންގެ އަޑު އެހުމެއް ސްޕްރީމް ކޯޓުގައި އެބައޮތް. ތިއެންމެ ބޭފުޅުން މާދަމާ އެގަނޑިއަށް އެސަރަހައްދު ފުރާލަންވާނެ.

– އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ ދިފާއުގައި ދިވެހި ރައްޔިތުން ނިކުންނަކީ ދިވެހިންގެ މިނިވަން ކަމާއި، ސިޔާދަތާއި އިސްތިޤުލާލު ދެމެހެއްޓުމަށް ކަމަށެވެ. މިއަދު އިސްލާމްދީން ދިވެހިންގެ އަތްމަތީން ގޮސްދާނެ ކަމުގެ ނުރައްކާ އޮތްއިރު، ދިވެހިން އެދުނު ތަރައްޤީވެސް ނުލިބި ނިކަމެތި ވެފައިވާކަމަށެވެ. ރައްޔިތުން އެދެނީ ރައީސް ޔާމީން މިނިވަންވެ އަލުން ޤައުމަށް ޚިދުމަތް ކުރެއްވޭނެ މަގު ފަހިވުންކަމަށާއި، އެދުވަހަކަށް ދިވެހި ރައްޔިތުން ތިބީ ކެތް މަދުވެފައިކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ 2018 ވަނަ އަހަރުގެ ކެމްޕެއިންގައި މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނަށް ވެރިކަން ލިބިއްޖެނަމަ ޤައުމަށް ވެދާނެ ގޮތާއިމެދު ރައްޔިތުންނަށް ކަންކަން ސާފުކޮށްދެއްވަމުންކަމަށް އަދުރޭ ވިދާޅުވިއެވެ. މިއަދު ފެނިގެންދަނީ އެމަނިކުފާނު ވިދާޅުވިގޮތަށް ޤައުމު ވަކި ޤައުމެއްގެ އަޅުވެތިވަމުންދާ މަންޒަރުކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.