އީސީގެ ރައީސްކަމަށް ފުޢާދު އިންތިޚާބުކޮށްފި

އީސީގެ ރައީސްކަމަށް ފުޢާދު އިންތިޚާބުކޮށްފި

Author
މުޙައްމަދު ޖިމީ
15 ސެޕްޓެމްބަރ 2021 05:22
0

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ފުއާދު ތައުފީޤް އައްޔަންކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގެ މަޤާމަށް ފުއާދު އައްޔަންކުރެއްވީ މިއަދު ބޭއްވި އެކޮމިޝަނުގެ ބައްދަލުވުމުގައި މެންބަރުންގެ އިއްތިފާޤުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް، އެ ކޮމިޝަނުގެ މެންބަރުކަމުން އިސްތިޢުފާ ދެއްވުމުން ކޮމިޝަންގެ ކަންކަން އިސްކޮށް ބަލަހައްޓަވަމުންދަނީ ކޮމިޝަންގެ ނާއިބް ރައީސް އިސްލާއިލް ހަބީބެވެ.

އިންތިޤާލީ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަންވެސް ކުރައްވާފައިވާ ފުއާދު ތަޢުފީޤްވަނީ 2009 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2014 ވަނަ އަހަރުގެ މާޗްމަހާއި ހަމައަށް ކޮމިޝަނުގެ ރައީސްކަން ކުރައްވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.