ވަންދޫ ކައުންސިލްގެ ކުރީގެ ރައީސްއާއި އެރަށު ގިނަބަޔަކު އެމްއެންޕީއަށް

ވަންދޫ ކައުންސިލްގެ ކުރީގެ ރައީސްއާއި އެރަށު ގިނަބަޔަކު އެމްއެންޕީއަށް

Author
މުޙައްމަދު ޖިމީ
14 ސެޕްޓެމްބަރ 2021 07:45
0

ތ.ވަންދޫ ކައުންސިލްގެ ކުރީގެ ރައީސްއާއިއ ެރަށުގެ ގިނަ ބަޔަކު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)އާއި ގުޅިގެއްޖެއެވެ.

އެމްއެންޕީން ބުނީ، ތ. ވަންދޫ ކައުންސިލްގެ ރައީސްކަން ވޭތުުވެދިޔަ 3 ދައުރުގައި ކުރެއްވެވި މުޙައްމަދު ޤިޔާސް މިއަދު ވަނީ އެމްއެންޕީއަށް ސޮއިކުރައްވާފައިކަމަށެވެ. އަދި ވަންދޫގެ ގިނަ ރައްޔިތުންތަކެއްވެސް އެޕާޓީއާއި ގުޅިފައިވާކަމަށް އެމްއެންޕީން ބުންޏެވެ.

އެމްއެންޕީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ނާޒިމްގެ ދެބެންގެދެދަރި ކޮއްކޮ އަހްމަދު އުޝާމަށް ދީފައިވަނީ މިދިޔަ ޖުލައި 15 ވަނަ ދުވަހުއެވެ. އެމްއެންޕީ އުފެއްދުމުގައި ނާޒިމާއި އުޝާމުގެ އިތުރުން މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒުއާއި، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން އަބްދުލްހަމީދު އަދި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވެސް ދަނީ ބައިވެރިވަމުންނެވެ.

އެމްއެންޕީން ވަނީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެ ޕާޓީން ކެންޑިޑޭޓަކު ނެރުމަށް ނިންމާފަ އެވެ. ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނާޒިމް ވަނީ އިއުލާންކުރައްވާފައެވެ. އެމްއެންޕީއަށް މެންބަރުން އިތުރުކުރުމަށްޓަކައި އެ ޕާޓީގެ ޓީމުތައް މިހާރު ގެންދަނީ އަތޮޅު ތެރޭގައި ވެސް ހަރަކާތްތެރިވަމުންނެވެ.

5،000 އަށްވުގެ ގިނަ މީހުންގެ ފޯމާއިއެކު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރުމަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށްވެސް އެޕާޓިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.