އދ. ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ރައީސް އެމެރިކާއަށް

އދ. ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރެއްވުމަށް ރައީސް އެމެރިކާއަށް

Author
މުޙައްމަދު ޝަޒައިމް
14 ސެޕްޓެމްބަރ 2021 08:55
0

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އާންމު ބަހުސްގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެމެރިކާއަށް ވަޑައިގެންނަވުމަށް ހަމަޖެހިއްޖެއެވެ.

އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އާންމު ބަހުސް މިމަހުގެ 21 ވަނަ ދުވަހު ފަށާއިރު ރިޔާސަތުގައި އިންނަވާނީ ރާއްޖޭގެ ފޮރިންގ މިނިސްޓަރ އަބުދުﷲ ޝާހިދެވެ. ރައީސް ޞާލިހު އެމެރިކާއަށް ކުރައްވާ ދަތުރުފުޅު ހަފްތާ ބަންދުގައި ފައްޓަވާއިރު، އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރު ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އެމަނިކުފާނު އެމަޖިލީހުގައި ތަގްރީރުކުރައްވާނީ ބަހުސްގެ ފުރަތަމަ ދުވަހުއެވެ. ތަގްރީރު ކުރައްވަން މިވަގުތު ހަމަޖެހިފައިވަނީ 3 ވަނަ ބޭފުޅެއްގެ ގޮތުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، އދ.ގެ ޢާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމެރިކާގެ ނިއު ޔޯކަށް ވަޑައިގަންނަވާ އެކި ޤައުމުތަކުގެ ވެރިންނާއި، އދ.ގެ އެކި ޖަމާޢަތްތަކުގެ އިސް ބޭފުޅުންނާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސް ޞާލިހް އެންމެ ފަހުން އދ ގެ އާންމު މަޖިލީހުގައި ތަގްރީރު ކުރައްވައިފައިވަނީ 2019 އަހަރުއެވެ. މިއީ، ފާއިތުވި ހަތް އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅަކު އދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވި ފުރަތަމަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.