ޖަލުގައި ކުއްލި ގޮތަކަށް 40 އަހަރުގެ މީހަކު ނިޔާވެއްޖެ

ޖަލުގައި ކުއްލި ގޮތަކަށް 40 އަހަރުގެ މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
13 ސެޕްޓެމްބަރ 2021 09:59
0

ހުޅުމާލެ ޖަލުގައި 3 (ތިން) އަހަރުގެެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ/ ޖަނަވަރީގެ މުޙައްމަދު އަސްލަމް (40 އަހަރު) މިރޭ ނިޔާވެއްޖެއެވެ.

ކަރެކްޝަނުން ބުނެފައިވަނީ އޭނާ މިރޭ ގާތްގަނޑަކަށް 6:00 އެހާ އިރު ޔާޑު ސަރަހައްދުގައި އިށީދެގެން އިންދާ ކުއްލިއަކަށް ވެއްޓުމާ ގުޅިގެން ވަނީ އެމަޖެންސީ ހާލަތުގައި ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ހޮސްޕިޓަލުން ބެލުމަށްފަހު އޭނާ މިރޭ 20:23 ގައި ނިޔާވެފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

މުޙައްމަދު އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުންދިޔަ ފަރާތެކެވެ. އަދި ނިޔާވިއިރު މީނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫންކަމަށް ފާހަގަކުރަމެވެ. މުޙައްމަދު އަސްލަމް ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމާ ގުޅިގެން މިސަރވިސްއިން ވަނީ ވަގުތުން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައެވެ.

އެ މައްޔިތާގެ ޖަނާޒާގެ ކަންތައްތައް ޢާއިލާއާ ގުޅިގެން ކުރިއަށް އެބަގެންދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޔ ޔަޤީން
ކަން ހިނގި ގޮތް ކަމަކަށް ގަބޫލެއް ނުކުރަން