ވެރިކަމަށް ކުފޫހަމަވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން: އަދުރޭ

ވެރިކަމަށް ކުފޫހަމަވާ ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
12 ސެޕްޓެމްބަރ 2021 08:36
0

ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކަތްތެރިވާ ބޭފުޅުންގެ ތެރެއިން ވެރިކަމަށް ކުފޫ ހަމަވާ ހަމައެކަނި މީހަކީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީންކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ވެރިކަމަށް ކުފޫ ހަމަވާނީ އެކަމަށް ޤާބިލް ތަޖުރިބާ ހުރި މީހުންކަމަށެވެ. އެއީ ކަންނެތް މީހުންނަށް ވާނޭ ކަމެއްނޫންކަމަށް އޭނާ ވިދާޅުވީ ރައީސް ޔާމީނަށް ފާޑު ވިދާޅުވެ، އެމްއެންސީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް މުހައްމަދު ނާޒިމް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އަމިއްލައަށް އުފައްދަވަން މަސައްކަތް ކުރާ ޕާޓީ ނުއުފެއްދުމުން އެކަމުގެ ރުޅި ރައީސް ޔާމީނަށް ބޭލުމަކީ ހައްލެއް ނޫންކަމަށެވެ.

ރައީސް ޔާމީނާއި ވާދަ ކުރެވޭނީ ވަރަށް ހިތްވަރުގަދަ ކެރޭ މީހުންނަށް ކަމަށާއި، ކަންކަމަށް ކުފޫ ހަމަނުވާ ކަންނެތް މީހުންނަށް ޔާމީންނާއި ވާދަ ނުކުރެވޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ރައީސް ޔާމީން ވަނީ މިހާރު ތިއްބެވި ސިޔާސީ ލީޑަރުންކަމަށް ބުނާ މީހުންނަށް އަތުނުޖެހޭހާ މާބޮޑަށްވެސް ދުރަަށް ގޮސްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕާޓީއަށް މެމްބަރުން ހަމަނުވެގެން އެކަމުގެ ހިތްހަމަނުޖެހުން ރައީސް ޔާމީނަށް ބޭލުމަކީ އެންމެ ބުއްދިވެރި ކަމެއްނޫން. ޕާޓީއެއް ހަދަންވާނީ އަމިއްލަ އަށް އެކަން ކުރެވޭނެކަމުގެ ގާބިލްކަ ހުރެގެން. ރައީސް ޔަމީނައި އަރާ ހަމަނުކުރެވޭ ވަރަށް ވަނީ ކުރިއަށް ވަޑައިގެންފަ. 50 އަހަރު އުޅުއްވިޔަސް އަރާ ހަމަނުކުރެވޭ ވަރަށް ކުރިއަށް ވަނީ ގޮސްފަ.

– އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ވަޒީރުކަން ކޯލިޝަން ޕާޓްނަރުންނަށް ބެހިއިރު، ހޯމް މިނިސްޓަރުގެ މަޤާމު އަބްދުﷲ ރިޔާޒު ވަރަށް ބޮޑަށް ބޭނުންވިކަމަށެވެ. ނަމަވެސް އެމަޤާމު އޭނާއަސް ދޭން ދެކޮޅު ހެއްދެވީ އިލްހާމްއާއި، ރިޔާޒު ރަޝީދު ކަމަށެވެ. ޤާސިމް ރިޔާޒަށް ހޯމް މިނިސްޓަރުކަން ދެއްވަން ނިންމި ނަމަވެސް އެދެބޭފުޅުން އެކަމާއި ދެކޮޅު ހެއްދެވުމުން ކައުންސިލަށް މައްސަލަ ގެންގޮސް ނިމުނުއިރު، ހޯމް މިނިސްޓަރުކަން ދޭންނިންމީ އުމަރު ނަސީރަށް ހަމަށެވެ.

މިއަދު ހޯމް މިނިސްޓަރުކަން ނުދެއްވީ ރައީސް ޔާމީންކަމަށްބުނެ ދައްކަވާ ވާހަތަކާއި، ޕީޕީއެމްގައި ފެކްޝަން އޮތްކަމަށްބުނެ ދައްކަވަމުންދާ ވާހަތަކަކީ އެއްވެސް ހަގީގަތް އޮތް ވާހަކަތަކެއް ނޫންކަމަށެވެ. ހުރިހާވެސް މައްސަލައަކީ ރައީސް ޔާމީންގެ ތާއީދުބޮޑުވެ، އެމަނިކުފާނު ވެރިކަމަށް ރައްޔިތުން ބޭނުންވުންކަމަށް އަބްރުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ފ ފާތުމަ
ގައުމެއް ދަވާލައިގެން ކުފޫ ހަމަވަންޏާ ތީ ތެދެއް