ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބަށް އޮންނާނީ ތަފާތު ޙުކުމެއްކަމަށާއި، އޭނާ ބޯލަނބަންޖެހޭ ޤަވާއިދެއް އޮންނަހެން ހީނުވާކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން މިވިދާޅުވެފައިމިވަނީ، ވިދާޅުވީ އިއްޔެ ޕީޕީއެމްއިން ބޭއްވި އެއްވުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ގޭބަންދުގައި ހުންވައި ކުޑަދޮރުން ބޭރަށް ޕާޓީގެ ދިދައާއި ޤައުމީ ދިދަ ހޫރުވި މައްސަލާ ހޫނުވެފައިވަނިކޮށެވެ. މި މައްސަލަ ބަލާނެކަމަށް ކަރެކްޝަނަލް ސާރވިސްއިން ވަނީ ބުނެފައެވެ.
ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު އިސްވެ ހުންނަވައިގެން އުފެއްދެވި އެމްޓީޑީއަށް އޭނާ ގުޅިވަޑައިގަތީވެސް ޖަލުހުކުމް އިއްވާ ގޭބަންދުގައި ހުންނަވަނިކޮށެވެ. ނަމަވެސް އެކަމާއި ގުޅިގެން އަދީބަށް ފިޔަވަޅެއް އަޅާފައެއްނުވެއެވެ.
އެކަމަށް ފާޑުވިދާޅުވެ ޝަރީފް ވިދާޅުވީ، ު އަދީބަށް އޮންނާނީ ތަފާތު ޙުކުމެއްކަމަށާއި، އޭނާ ބޯލަނބަންޖެހޭ ޤަވާއިދެއް އޮންނަހެން ހީނުވާކަމަށެވެ.
Adeeb veemaa onnaanee thafaathu hukumeh.Eynaa boalaban jehey qavaaidhe onna heneh hiyeh nuvey
— Ibrahim Shareef (@AdduShareef) September 11, 2021
ރައީސް ޔާމީނަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ތާޢީދުކުރައްވާ ފާރްތަތކުން ގޮވާލަމުން ގެންދަވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ ކުރީގެ ނާއިބު ރައީސް ގޭބަންދުގައި ހުންނަވައިގެން ސިޔާސީ މަސައްކަތްކުރެއްވިކަމާއި، މިހާރުގެ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ގޭބަންދުގައި ހުންނަވައިގެން ޢިީދުގެ ފެންކުޅި ކުޅުއްވިނަމަވެސް ފިޔަވަޅު އަޅާފައިނުވާކަމަށް ބުނެ ފާޑުކިޔަމުންނެވެ.
ރައީސް ޔާމީނާއިމެދު ފިޔަވަޅު އަޅާނަމަ އޭގެ ކުރިން ފިޔަވަޅު އަޅަންޖެހޭ މީހުން އެބަތިބިކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު "މޭޑޭ" މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަތެއް ދެއްކި ކަމަށް ބުނެ ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 12 އަހަރަށް އިމްރާން ޖަލަށް ލާފައި ހުރި އިރު، އޭނާ ގޭބަންދަށް ބަދަލުކޮށްފައިވަނީ 2017 ވަނަ އަހަރުގެ ރަމަޞާން މަހުގެ ތެރޭގައެވެ.
އިމްރާން އަކީ މިހާރުގެ ހޯމް މިނިސްޓަރެވެ. ކަރެކްޝަން ހިންގަމުންދަނީ މިނިސްޓަރ އިމްރާންގެ ބެއްލެވުމުގެ ދަށުންނެވެ.
ކޮމެންޓު ފޮނުވާ