ފެންކުޅި ކުޅުމާއި، ސިޔާސީ އެއްވުމަކަށް ދިދަ ހޫރުވުމާއި ތަފާތު: ޒައިދު

ފެންކުޅި ކުޅުމާއި، ސިޔާސީ އެއްވުމަކަށް ދިދަ ހޫރުވުމާއި ތަފާތު: ޒައިދު

Author
މުޙައްމަދު ޝަޒައިމް
11 ސެޕްޓެމްބަރ 2021 02:41
0

ގޭބަންދުގައި ހުންނަވައިގެން ފެންކުޅު ކުޅުމާއި، ސިޔާސީ ޕާޓީއެއްގެ ހަރަކާތަށް ހިތްވަރުދީ ދިދަ ހޫރުވުމާއި ތަފާތުވާނެކަމަށް ޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޒައިދު މިފަދައިން ވިދާޅުވީ އިއްޔެ ޕީޕީއެމްއިން ބޭއްވި އެއްވުމަށް އެޕާޓީގެ ރައީސް ޔާމީން ގޭބަންދުގައި ހުންވައި ކުޑަދޮރުން ބޭރަށް ޕާޓީ ދިދަ ހޫރުވި މައްސަލާގައި ފިޔަވަޅު އެޅުމަށް ކަރެކްޝަނުން ބުނެފައިވާތީ އެކަމަށް ކިޔަމުންދާ ފާޑިކުޔުންތަކާއި ގުޅިގެންނެވެ. އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ފާޑުކިޔަމުންދަނީ މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގޭބަންދުގައި ހުންނަވައި ފެންކުޅި ކުޅުނު މައްސަލައެވެ.

މިމައްސަލާގައި ޝައިޚު ޒައިދު ވިދާޅުވީ ގޭގެ ބެލްކަނީގައި އާއިލާ މީހުންނާއިއެކު ފެންކުޅި ކުޅުމާއި، ސިޔާސީ ބޮޑު ޖަމާއަތަށް ހިތްވަރުދީ ސިޔާސީ މަަސއްކަތަށް ހިތްވަރު ލިބޭގޮތަށް ޕާޓީ ދިދަ ހޫރުވުމާއި ވަރަށް ތަފާތުވާނެކަމަށެވެ. އެއްވެސް ބޭފުޅަކަށް އަދަބެއް ލިބުމަށް ނޭދޭކަމަށާއި، ނަމަވެސް ސިޔާސީ ހަރަކާތަށް ހިތްވަރުދޭ ގޮތަށް ކަންކަން ކުރުމާއި ފެންކުޅު ކުޅުމާއި މުޅިން ތަފާތުވާނެކަމަށް ޝައިޚު ޒައިދު ވިދާޅުވިއެވެ.

ފެންކުޅިއާއި، ސިޔާސީ އެއްވުމެއްގައި ޕާޓީ ދިދަ ހޫރުވުމާއި ތަފާތު ދެއްތޯ. ދިދައަކީ އެއްވުމަށް ޖޯޝް ދެއްވުމެއް. ބައިވެރިވުމެއް. އަޅުގަނޑު ނޭދެން އެއްވެސް ބޭފުޅަކަށް ފިޔަވަޅު އަޅާކަށް. ނަމަވެސް ފެންކުޅި ކުޅުމާއި، ސިޔާސީ އެއްވުމަކަށް ދިދަ ހޫރުވުމާއި، ތަފާތުވީމާ އެވާހަކަ ހިއްސާ ކޮށްލީ. އަނެއްކާ ފެންކުޅި ކުޅުއްވީ އަމިއްލަ ދަރިންނާއި ކޮއްކޮ ތަކާއިއެކު. އޭގައި ޕާޓީ މީހެއް ސިޔާސީ މީހެއް ބައިވެރިނުވޭ. ވީއިރު އަޅައިކިޔޭނީ ކޮން އުސޫލަކުންތޯ.

– ޒައިދު ވިދާޅުވިއެވެ.

ރައީސް ޔާމީނާއިމެދު ފިޔަވަޅު އަޅާނަމަ އޭގެ ކުރިން ފިޔަވަޅު އަޅަންޖެހޭ މީހުން އެބަތިބިކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ. އެގޮތުން މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގޭބަންދަށް  ބަދަލު ކުރެއްވުމުން، ބެލްކަންޏަށް ނިކުމެ ވަޑައިގެން އީދު ދުވަހު ފެންކުޅި ކުޅުއްވި މައްސަލަވެސް ބަލަންޖެހޭކަމަށެވެ. އަދި ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް ގޭބަންދުގައި ހުންވައި ސިޔާސީ ޕާޓީއެއް އުފެއްދެވި މައްސަލަވެސް ބަލަންޖެހޭ ކަމަށްވެސް އިިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ދ ދާދާ
އަންި ގޮނޑި ދުއްވި މައްސަލަވެސް ސިޔާސީ ފޯރަމް ތަކުގަ އޮންލައިންކޮށް އަންނި ބައިވެރިވެ ބޭރު ގައުމުތަކުގަ ދަތުރުފަތުރުކޮށް އުޅުނު މައްސަލަވެސް ބަލާނެ