މާލޭ ސިޓީގެ މޭޔަރ ޑރ. މުއިއްޒު ތުރުކީއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ތުރުކީއަށް ފުރާ ވަޑައިގެންފިއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރީ ޓުވީޓެއްގައި ބުނެފައިވަނީ، މިދަތުރުގެ މަޤްޞަދަކީ ތުރުކީގެ ސިޓީތަކުގެ މޭޔަރުންނާއި ބައްދަލްކޮށް އެ ސިޓީތަކާއި ގުޅުންބަދަހިކޮށް، އަދި އޭގެ އިތުރުން، މާލޭ ސިޓީއާއި ގުޅުންހުރި އެކި ކަންކަމަށް އެހީތެެރިކަން ހޯދޭނެ މަގު ފަހިކުރުން ކަމުގައެވެ.
މޭޔަރު މުއިއްޒުގެ މި ދަތުރާގުޅޭ އިތުރު މައުލޫމާތެއް ސިޓީ ކައުންސިލުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ