ފަންނާނުންތަކެއް އެމްއެންޕީއާއި ގުޅިއްޖެ

ފަންނާނުންތަކެއް އެމްއެންޕީއާއި ގުޅިއްޖެ

Author
މުޙައްމަދު ޝަޒައިމް
10 ސެޕްޓެމްބަރ 2021 11:56
0

ރާއްޖޭގެ ފިލްމީ ދާއިރާއައާއި، ލަވަކިޔުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންތަކެއް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާއި ގުޅިއްޖެއެވެ.

އެމްއެންޕީން ދަނީ އެޕާޓީއަށް މެމްބަރުން އިތުރުކޮށް، ރާއްޖޭގެ އެކި ދާއިރާތަކުން މަޤުބޫލުކަން ހޯދާފައިވާ ގިނަ ބައެއްގެ ސޮއިވެސް ހޯދަމުންނެވެ. އެމްއެންޕީއާއި ގުޅިފައިވާ ފަންނާނުންގެ ތެރޭގައި ފިލްމީ ދާއިރާގައި ގިނަގުނަ ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ހުނަރުވެރި އާމިރާ އިސްމާއިލްްއާއި، މޯލްޑިވިއަން އައިޑްލް ސީސަން 3 ގައި ވާދަކޮށް ދިވެހިންގެ ތެރޭގައި މަޝްހޫރުކަން ހޯދި ކުޅަދާނަ ލަވަކިޔުންތެރިޔާ މޫސާ އިޝާން އާއި، މަޝްހޫރު ޓިކްޓޮކް ތަރި، އަދި ފިލްމީދާއިރާގައި މަސައްކަތްތަކެއް ކުރަމުން އަންނަ އައިމިނަތު ޝާނާވެސް ވަނީ އެމްއެންޕީއާއި ގުޅިފައެވެ.

އެމްއެންޕީގެ ފަރާތުން މި ފޯމްތަކާއި ހަވާޅުވީ އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކާނަލް މުހައްމަދު ނާޒިމްއެވެ. އެމްއެންޕީން ދަނީ ޕާޓީގެ މެމްބަރުން އިތުރުކޮށް އަތޮޅު ތެރޭގައި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން މިފަހަތްފާ ބަންދުގައި މެމްބަރުން އިތުރު ކުރުމުގެ ހަރަކާތްތަކެއް ލ.އަތޮޅުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޕީން ވަނީ ރާއްޖޭގެ އެންމެ ދެކުނުގައާއި، އިތުރުރުގައާއި، މެދު ރާއްޖެ ތެރޭގައިވެސް ޕާޓީގެ ހަރަކާތްތައް ހިންގުމަށް ފޯކަލް ޕޮއިންޓްތަކެއް ކަނޑައަޅާފައެވެ. އަދި އައްޑޫ ސިޓީގައި ވަނީ އެމްއެންޕީގެ އޮފީހެއްވެސް ހުޅުވާފައެވެ.

އެމްއެންޕީ އުފެއްދުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި މިހާރު ލިބިފައިވާއިރު، އެޕާޓީން މަސައްކަތް ކުރަނީ ޕާޓީ އުފެއްދުމަށް އިލެކްޝަނަށް ވައްދާއިރުވެސް 5،000 މެމްބަރުންނަށްވުރެ ގިނަ މީހުންގެ ސޮޔާއިއެކު އިލެކްޝަނަށް ހުށަހެޅުމެވެެ. އެމްއެންޕީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިދިޔަ މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބުރޯ
ތިތާގަ ނެތެއްނު އެއްވެސް އުއްޕަރެއް ބަރުދަނެއް ހުރި އެކަކުވެސް ...