ދުވާފަރުން ކޯވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 1000 އިން މައްޗަށް

ދުވާފަރުން ކޯވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 1000 އިން މައްޗަށް

Author
ހުސެއިން
10 ސެޕްޓެމްބަރ 2021 06:29
0

ރ. ދުވާފަރުން ކޯވިޑަށް ޕޮޒިޓިވް ވީ މީހުންގެ އަދަދު 1،000 އިން މައްޗަށް އަރައިފިއެވެ.

ދުވާފަރު ސިއްޙީ މަރުކަޒުން ހާމަ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އިއްޔެވެސް އެރަށުން 38 ސާމްޕަލް ނަގާފައިވާއިރު، ފާއިތުވެދިޔަ ހަފްތާގެ ބައެއް ދުވަސްތަކުގައި އެރަށުން ވަނީ 9 މީހުންވެސް ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މިގޮތުން އިއްޔެއާއި ހަމައަށް ދުވާފަރުން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ މީހުންގެ އަދަދަކީ، 1،008 މީހުންނެވެ.

ރ. އަތޮޅުގައި އެންމެ ބޮޑު އާބާދީއެއް އޮނަން ދުވާފަރުގައި މިހާތަނަަށް ކޯވިޑްގެ 6،457 ސާމްޕަލެއް ނަގާފައި ވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބި މީހުންގެ އަދަދަކީ 93 އެވެ. އަދި މިހާތަނަށް 907 މީހުންވަނީ ބަލިން ރަގަޅު ވެފައެވެ.

ދުވާފަރުގައި މިހާތަނަށް ކޯވިޑަށް ޕޮޒިޓިވް ވެގެން 7 މީހަކު ވަނީ ނިޔާވެފައެވެ.

ދުވާފަރުގައި މާލެ ދަތުރުކުރާ ބޯޓެއްގެ ފަޅުވެރިންތަކެއް ކޯވިޑަށް ޕޮޒިޓިވް ވެގެން، މި އަހަރުގެ މޭމަހުގެ 25ވަނަ ދުވަހުން ފެށިގެން އެރަށް އޮތީ މޮނިޓަރިންއަށް ލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.