ކައިވެންޏަށް ނޫނެކޭ ބުނުމުން އިންޑިއާގެ ޓީވީ ޓީވީ އެކްޓްރެސް މަލްވީ މަހްހޮޓްރާގެ ގަޔަށް ތިން ފަހަރަށް ވަޅި ޖަހައިފި އެވެ. އެ ހާދިސާގައި އޭނާއަށް ވަރަށް ބޮޑަށް ވަނީ އަނިޔާވެފައެވެ.
މުމްބާއީގައި މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައި އޭނާގެ ގަޔަށް ވަޅި ޖަހާފައި ވަނީ ފިލްމް ޕްރޮޑިއުސަރއެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޔޮގޭޝް ނަމަކަށް ކިޔާ މީހެކެވެ. އޭނާއަށް ފަރުވާމުދެމުން ދަނީ މުމްބާއީގެ ކޮކިލިބެން ދިރުބާއި އަމްބާނީ ހޮސްޕިޓަލްގައެެވެ. ފުލުހުން ބުނީ، މަލްވީ އަށް އޭނާ ހަމަލާދީފައި ވަނީ އަންނަން ދެކޮޅު ހެދުމުން ކަމަށެވެ.

ފުލުހުން ވަނީ ޔޮގޭޝްއާ ދެކޮޅަށް މައްސަލަ އެއް ފައިލްކޮށްފައެވެ. އަދި ވަރަށް އަވަހަށް އޭނާ ހައްޔަރު ކުރާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ވަނީ، މަލްވީގެ ހާލު ރަނގަޅު ކަން ކަށަވަރުކޮށްދީފައެވެ.
އަހަރެންނަށް ފޭސްބުކްއިން އަންނަނީ ރިކުއެސްޓެއް ޔޮގޭޝް ކުމާރް ނަމަކަށް ކިޔާ މީހެއްގެ ފަރާތުން 2019 ވަނަ އަހަރު ތެރޭގައި. އަހަރުމެން ދެ މީހުން ވަރަށް ވާހަކަދައްކަން އަދި ކޮފީއަށްވެސް ދަން. އެގޮތަށް ހަތަރު ވަރަކަށް ފަހަރު ބައްދަލު ކުރުމަށްފަހު އޭނާ ބޭނުންވީ އަހަރެންނާއި އިންނަން.
– މަލްވީ ފުލުހުންނަށް މައުލޫމާތު ދެމުން ބުންޏެވެ.
އޭނާ ބުނީ، ޔޮގޭޝްއާ އިންނަން ދެކޮޅު ހެދުމުން އޭނާ އުޅޭ ނޫޅޭގޮތް ޔޮގޭޝް ވަގަށް ބަލާ ކަމަށެވެ.
އަހަރެން ހުރީ ދުބާއީގައި ޝޫޓިންގގައި ހުރެފައި އާދީއްތަ ދުވަހު އައީ، އަހަރެންނަށް ފެނުނު އޭނާ އަހަރެން ދިރިއުޅޭ ގޭގެ އިމާރާތުގެ ބޭރުގައި ހުއްޓާ އެކަމަކު އަހަރެން އަޅާ ނުލާ ގޮސް ވަނީ ގެއަށް.
– މަލްވީ
އޭނާ ބުނީ، އޭނާ ގަޔަށް ތިން ފަހަރަށް ވަޅި ޖެހީ ހޯމަ ދުވަހުގެ ރޭ ކޮފީ ޝޮޕަކުން ގެއަށް ދަނިކޮށް ކަމަށެވެ. އަދި އެރޭ އޭނާ ކާރުގައި އައިސް ފުރަތަމަ އުޅުނީ ވާހަކަ ދައްކަން ކަމަށާއި، ނަމަވެސް ވާހަކަދައްކަން ދެކޮޅު ހެދުމުން އޭނާ ގަޔަށް ވަޅި ޖެހީ ކަމަށެވެ.
ކޮމެންޓު ފޮނުވާ