ތޫފާނުގެ ސަބަބުންވެސް މިދެމަފިރިންގެ ކައިވެންޏަކަށް ހުރަސް ނޭޅުނު

ތޫފާނުގެ ސަބަބުންވެސް މިދެމަފިރިންގެ ކައިވެންޏަކަށް ހުރަސް ނޭޅުނު

Author
މުޙައްމަދު ޝަޒައިމް
28 އޮކްޓޯބަރ 2020 10:10
0

ފިލިޕީންސްއަށް ނިސްބަތްވާ މި ދެމަފިރިންގެ ކައިވެންޏަށް އެއްވެސް މީހަކަށް އަދި ކަމެއްގެ ސަބަބުން ހުރަސް ނޭޅޭނެ ކަން ސާބިތުކޮށްދީފައި ވަނީ، ތޫފާނެއް އަރައިގެން އުޅުނުއިރުވެސް ކައިވެނި ކުރިއަށްގެންދިޔައީމައެވެ. މިހާރު މީސް މީޑިއާގައި ދަނީ އަންހެން މީހާ އޭނާގެ ކައިވެނީގެ ހެދުން މައްޗަށް ނަގައިގެން ފެންގަނޑު ތެރެއިން ލާފައި ފިރިހެން މީހާއާއެކު ކައިވެނި އޮތް ސަރަހައްދަށް ދާތަން ފެންނަ ފޮޓޯ އާންމު ވެފައެވެ.

އެ ފޮޓޯ މީސް މީޑިއާގައި އާއްމުކޮށްފައިވަނީ އޮކްޓޯބަރު 24 ވަނަ ދުވަހުއެވެ. އެ ފޮޓޯތަކުން ފެންނަނީ އެ ދެމަފިރިން ކައިވެނި ކުރުމަށް ފައްޅިއަކަށް ދާ ތަނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މަބިނޭ ސަރަހައްދަށް މިދިޔަ ހަފްތާ ތެރޭގައި އުޅުނީ ވަރަށް ވިއްސާރަ ކޮށެވެ. އަދި އެ ސަރަހައްދަށް ތޫފާން ކުއިންޓާވެސް މިދިޔަ ހަފްތާ ތެރޭގައި އަރާފައި ވެއެވެ. ނަމަވެސް މި ދެމަފިރިން އެ މީހުންގެ ކައިވެނި ފަސް ކުރަން ބޭނުން ނުވިއެވެ.

މިއާއެކު އޮކްޓޯބަރ 23 ވަނަ ދުވަހު ރޮނިލް ގުއިލިއްޕިއާ އާއި ޖެޒެއިލް މަސުއެލާ ވަނީ ކައިވެނީވެ ހެދުމުގައި ފެންގަނޑު ތެރެއަށް ލާފައި ގޮސް ފައްޅިއަށް ކައިވެނި ކުރުމަށް ގޮސްފައެވެ. އަދި އެ ކައިވެނީގެ ހަފްލާގައި ބައިވެރިވުމަށް ދެމަފިރިންގެ އާއިލާ މީހުންނާއި ރަހުމަތްތެރިންވެސް ވަނީ ފެންގަނޑު ތެރެއިން ލާފައިވެސް އެ ހަފްލާގައި ބައިވެރިވެފައެވެ.

ސީއެންއެން އިން ރިޕޯޓްކޮށްފައިވާގޮތުން އެ ކައިވެނީގެ ހަފްލާ ވެސް ފަށާފައި ވަނީ ވަރަށް ލަހުންނެވެ. އަދި ކައިވެނި ހަފްލާ ނިންމަށްފަހުވެސް އެތައް ބަޔަކު ފައްޅީގައި މަޑުކުރަން ޖެހުނީވެސް ވިއްސާރައިގެ ސަބަބުންނެވެ. އެ ކައިވެނި ކުރި ފިރިހެން މީހާ ބުނީ، ވިއްސާރަވެ ފެންބޮޑުވެފައި އޮތުމުން ލޯބިވެރިޔާ ކައިވެނި ކުރުމަށް ނުދާނެ ކަމުގެ ބިރު އޮތް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.