ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް

ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް

Author
މުޙައްމަދު ޝަޒައިމް
09 ސެޕްޓެމްބަރ 2021 12:19
0

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.

ކާނަލް މުޙައްމަދު އިބްރާހީމް، އިންޑިއާގެ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް އައްޔަންކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވީ އިއްޔެ (2021 ސެޕްޓެމްބަރ 8) ބަންޑާރަކޮށީގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމުގައި ކުރިން ހުންނެވީ ކާނަލް އަޙްމަދު ތާހިރުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.