މި މަހުގެ 14 ވަނަ ދުވަހު އދ.ގެ އާންމު މަޖިލިހު ރިޔާސަތާ ހަވާލުވެ ވަޑައިގަތުމަށް ތައްޔާރު ވެވަޑައިގަންނަވަމުން ގެންދަވާ، އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުު އެމަނިކްފާނުގެ ތަރުޖަމާކަށް އަންހެން ބޭފުޅަކު ހަޖައްސަވާއިފިއެވެ.
އައި.ޕީ.ޔޫ އިން އިންތިޒާމުކޮށްގެން ބޭއްވި ސްޕީކަރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެބުރި ނިއުޔޯކަށް ވަޑައިގެން، އދގެ އާއްމު މަޖިލީހުގެ ރިޔާސަތުގައި އެމަނިކުފާނު ހުންނަވާ ދައުރުގައި، އެމަނިކްފާނުގެ ތަރުޖަމާނެއްގެ ގޮތުގައި ހަމަޖެއްސެވީ މޮނިކާ ގްރޭލީ އެވެ. މޮނިކާއަކީ މިވަގުތު ޔޫ.އެން ނިއުސްގެ ޕޯޗްގީޒް އެޑިޓަރެވެ. އަދި އޭނާ ވަނީ އާއްމު މަޖިލީހުގެ 73 ވަނަ ސެޝަންގެ ރައީސާ މަރިއާ ފެރްނާންދާ އެސްޕިނޯސާ ގެ ތަރުޖަމާނުކަން 2018/2019 ގައި ކުރައްވާފައެވެ.
Ready to serve as spokesperson to the new President of the General Assembly H.E. @abdulla_shahid; A #PresidencyOfHope to recover from the #pandemic, deliver #vaccines4All, empower youth and build a greener and bluer world leaving no one behind. @UN_PGA https://t.co/Ma9NoKNPtI pic.twitter.com/OLU5ZjqB8D
— Monica Grayley (@MonicaGrayley) September 8, 2021
އައި.ޕީ.ޔޫ އިން އިންތިޒާމުކޮށްގެން ބޭއްވި ސްޕީކަރސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެބުރި ނިއުޔޯކަށް ވަޑައިގަތުމަށްފަހު، މިވަގުތު ނިއުޔޯކްގައި ހުންނެވި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މިނާކްޝީ ލޭކީ އާއި ޝާހިދުވަނީ ބައްދަލުކުރެއްވިއެވެ.
އަދި މީގެ އިތުރުންވެސް، މިމަހުގެ 14ވަނަ ދުވަހު ރަސްމީކޮށް އާންމު މަޖިލިހުގެ ރިޔާސަތާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝާހިދު ގެންދަވަނީ ނިއުޔޯކުގައި ގާއިމް ކުރެވިފައިވާ މިޝަންތަކުގެ ޕާމަނެންޓެ ރެޕްރެސެންޓޭޓިވްއިންނާއި، އަދި އެނޫންވެސް، ނިއުޔޯކުގައި ތިއްބަވާ ޑިޕްލޮމޭޓުންނާއި ބައްދަލު ކުރައްވަމުންނެވެ.
އަދި މީގެ އިތުރުން ޝާހިދުވަނީ އދ. ސެކެޓްރީ ޖެނެރަލްއާއިވެސް ބައްދަލު ކުރައްވާފައެވެ.
އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިިގެންނެވީ ޖޫންމަހުގެ 7 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއާ ވާދަކޮށް ކުރި ހޯއްދަވައިގެނެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.
އދ.ގެ އާންމު މަޖިލިހަކީ، 193 މެމްބަރު ގައުމުގެ މައްޗަށް އެކުލެވޭ އާންމު މަޖިލީހަކަށް ވާއިރު، މިއީ ޔޫއެންގެ ސިޔާސަތު ކަނޑައަޅާ އެންމެ މުހިންމު ގުނަވަނެވެ.
އައިޕީޔޫގެ ސްޕީކާރސް ކޮންފަރެންސްގައި ބައިވެރިވެވަޑައި ގަތުމަށްފަހު ޝާހިދު އެބުރި ނިއުޔޯކަށް
ކޮމެންޓު ފޮނުވާ