މިމަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އެޕާޓީގެ ގައުމީ މަޖިލިސް އިންތިޚާބުގައި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ދެމެމްބަރުން ކަމުގައިވާ، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން، ބިގޭއާއި އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު، ހަސަންޓޭ އަލިފުށީ ދާއިރާއަށް ވާދަކުރައްވަން ނިންމަވާ ކެމްޕޭން ކުރައްވަން ފައްޓަވައިފިއެވެ.
މިމަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވަ، ގައުމީ މަޖިލިސް އިންތިޚާބަށް، ދާއިރާ ރައީސްކަމަށް ކުރިމަތި ލާފައިވާ ކޭނޑިޑޭޓުން މިހާރު ކެމްޕެން ކުރަމުން ދާއިރު، ބިގޭއަކީ މިހާރުގެ މަޖިލިސްގެ އަލިފުށީ ދާއިރާގެ މެމްބަރުކަން ފާހަގަ ކޮށްލެވެއެވެ. އަދި ހަސަންޓޭއާއި، އަލިފުށީ ދާއިރާގެ މެމްބަރު މިދާއިރާގެ ދާއިރާ ރައީސްކަމަށް ވާދަކުރަމުން ދާއިރު، ގައުމީ މަޖިލިސް ކެމްޕޭނުން އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ކޯލުންތަކުގެ އަސަރުވެސް ދަނީ ވަރަށް ބޮޑަށް ފެންނަމުންނެވެ. މިގޮތުން ޕާޓީ ދެފެކްޝަނަކަށް ބެހިގެން ގޮސްފައިވާއިރު، މަޖިލިސް ރައީސް މުހައްމަދު ނަޝިދު ވަނީ، އެބޭފުޅާ ތާޢީދު ކުރައްވާނީ، ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށް އެކަނި ކަމަށް ވިދާޅުވެފައެވެ.
ހަސަންޓޭއާއި ބިގޭ އެއްދާއިރާއަކަށް ވާދަކުރައްވަން ނިންމަވާފައިވާއިރު، މަޖިލިސް މެމްބަރު ބިގޭއާއި ރައީސް ސާލިހުއާ ދެބޭފުޅުން ދެޅިޔަނުންކަން ފާހަގަ ކޮށްލެވެއެވެ. އަދި ފަހަކަށް އައިސް، ރައީސް ސާލިހުގެ ފަރާތުން، އެމްޑީޕީގެ ޕާލެމަންތްރީ ގުރޫޕުގައި އެންމެ އިސްކޮށް މަސައްކަތް ކުރައްވަމުން ގެންދަވަނީވެސް ބިގޭކަން ފާހަގަ ކޮށްލެވެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބު މިމަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއިންތިޚާބުގެ ކެމްޕޭންވެސް ބޮޑަށް މިހާރު ކުރިޔަށް ދަނީ ދެފެކްޝަނަކަށް ބެހިގެންކަންވެސް ފާހަގަ ކޮށްލެވެއެވެ. އަދި ރައީސް ނަޝީދާއ ރައީސް ސާލިހާ ދެބޭފުޅުންގެ ދެމެދުގައި އޮތް ވާވެރިކަމުގެ ތެރެއިން ގައުމީ މަޖިލިހުގެ މެޖޯރިޓީ ލިބިލައްވާ ބޭފުޅަކަށް 2023ގެ ރިޔާސީ ޓިކެޓް ލިބިގެން ދިއުމުގެ ފުރުސަތު ބޮޑުކަމުގައިވެސް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރެވެއެވެ.
ކުރިޔަށް އޮތް އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިޚާބުގެ ކުރިން ރައީސް ސާލިހު މިހާރު ގެންދަވަނީ ކޮންމެ ހަފްތާއަކުވެސް ގިނަ ރަށްތަކަކަށް ދަތުރު ކުރައްވަމުންނެވެ. މިގޮތުން މިހާރު ރައީސް ސާލިހު ހުންނެވީ، ރ. އަދި ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައެވެ. މިދަތުރުފުޅުގައި ރ. އަލިފުއްޓަށް ވަޑައިގެން އެރަށުގައި ކުރިޔަށް ގެންދަވާނޭ ގިނަ މަޝްރޫޢުތަކެއް ރައީސް އިއުލާން ކުރެއްވުމަށްވެސް ވަނީ ހަމަޖެހިގައެވެ.