ބަންޔަން ޓްރީ މޯލްޑިވްސް ވަށްބިންފަރު ރިސޯޓްކައިރީގައި އޮތް ކަންނެލި ދޯންޏެއްގައި ހުރި ދިވެހި ފަޅުވެރިއަކު ހާލު ދެރަވެ، ޞިއްޙީ އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑު މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.
"ރަން ދުވެލި" ނަމަކަށް ކިޔާ ދޯނީގައި ހުރި މި މީހާ ހާލު ދެރަވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުނީ މިރޭ 20:56 ހާއިރުއެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ވަނީ އެ ދޯނި އޮތް ސަރަޙައްދަށް ގޮސް ހާލު ދެރަވި މީހާ، މިރޭ 21:23 ހާއިރު މާލެ ގެނެސްދީފައެވެ. އަދި އެމީހާ މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންނެވެ.
ކޮމެންޓު ފޮނުވާ