ކަލާފާނު ސްކޫލުގައި ހިންގި މާރާމާރީ މިނިސްޓްރީން ބަލަން ފަށައިފި

ކަލާފާނު ސްކޫލުގައި ހިންގި މާރާމާރީ މިނިސްޓްރީން ބަލަން ފަށައިފި

Author
މުޙައްމަދު ޝަޒައިމް
07 ސެޕްޓެމްބަރ 2021 10:10
0

ކަލާފާނު ސްކޫލުގައި މިއަދު ދެކުދިންގެ ދެމެދުގައި ހިނގައިދިޔަ މާރާމާރީގެ ކަންކަން އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.

އެޑިކޭޝަން މިނިސްޓްރީން ބުނެފައިވަނީ މިއަދު މެންދުރު 2:30 އެހާކަންހާއިރު ކަލާފާނު ސްކޫލުގެ ދެ ދަރިވަރުންގެ މެދުގައި ހިނގި ހާދިސާއެއްގައި ދަރިވަރެއްގެ ބޮލަށް ވަނީ އަނިޔާވެފައިކަމަށެވެ. މި ހާދިސާ ހިނގުމާއެކު، އަނިޔާވި ދަރިވަރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދޭން ފަށާފައިކަމަށެވެ. އަދި އެ ދަރިވަރަށް މިހާރުވެސް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންދާކަމަށް ވަނީ ބުނެފައެވެ.

މި ހާދިސާ ހިނގައިދިޔަ ގޮތް ކަލާފާނު ސްކޫލް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އަދި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މިހާރު ބަލަމުންދާކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

މިހަމަލާގައި އަނިޔާވެފައިވަނީ 16 އަހަރުގެ ކުއްޖަކަށް ކަމަށް މައުލޫމާތު ލިިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.