ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ އެގައުމުގެ ގާނޫނު ހަދާ މަޖިލިހުގައި ވާހަކަ ދައްކަވަނީ

ގޮޓަބަޔަގެ ސްޓޭޓް އޮފް އިމަޖެންސީއަށް ސްރީ ލަންކާގެ ގާނޫނުހަދާ މަޖިލިހުން ރުހުންދީފި

ގޮޓަބަޔަގެ ސްޓޭޓް އޮފް އިމަޖެންސީއަށް ސްރީ ލަންކާގެ ގާނޫނުހަދާ މަޖިލިހުން ރުހުންދީފި

ގުޅުންހުރި

ސްރީ ލަންކާގައި އާންމު ކާނާގެ މިންވަރު އާދަޔާ ޚިލާފަށް ދަށަށް ގޮސް، ކާނާގެ ބާވަތްތަކުގެ އަގު ކޮންޓްރޯލް ކުރުމަށާއި، އަދި ކާބޯތަކެއްޗަށް ބޭނުންވާ ތަކެއް މީހުން އެއްފަހަރާ ގަނެއް ހުސްކުރުން ކޮންޓްރޯލް ކުރުމަށްޓަކާ، އެގައުމުގެ ރައީސް އާންމު ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަށް ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލިހުން ރުހުން ދީފިއެވެ.

ގާނޫނު ހަދާ މަޖިލިހުން ކުއްލި ނުރައްކަކުގެ ހާލަތަށް ރުހުން ދިންނަމަވެސް، ސްރީ ލަންކާގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު ގެންނަވަންޖެހޭ ފަދަ ހާލަތެއް ނެތްކަމަކަމަށާއި، ސަބަބަކީ ހެދިފައިހުރި އެހެން ގާނޫނުތަކުން، ކޮންމެހެން ބޭނުންވާ ތަކެތި ލިބުން ހުއްޓިގެން ދިޔަނުނީ ހަމަޖެއްސޭނެކަމަށް އިދިކޮޅު ފަރާތްތަކުން ދެކޭތީއެވެ. އަދި އިދިކޮޅު ފަރާތްތަކުން ބުނާގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި އޮންނަނަމަ، އޭގެ ބޭނުން ނުހަމަ ގޮތުގައި، އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބޭނުން ކޮށްފާނެއެވެ.

ސްރީ ލަންކާގެ ގާނޫނު އަސާސީގައި އޮންނަގޮތުން، އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން، ކުރިން އެންގުމަކާ އަދި އެއްވެސް ފަރާތެއްގެ ހުއްދަ ހޯދުމަކާ ނުލާވެސް މީހުން ހިފާ ހައްޔަ ކުރެވެއެވެ. އަދި މީގެ އިތުރުން މީހުންގެ މުދާވެސް ހަމަ މިބީދައިން ހިފެހެއްޓޭ ގޮތަށް އޮތުމުގެ އިތުރުން ހުއްދަ ހޯދުމަކާ ނުލާ މީހުންގެ ގެދޮރަށްވެސް ވަދެ ނިކުމެ އުޅުމުގެ ބާރު ލިބިދެއެވެ.

ހަމައެފަދައިން، ސްރީ ލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިގެން ދިއުމާއެކު، ގާނޫނުތައް ސަސްޕެންޑްކުރުމުގެ ބާރު ަެރައީސަށް ލިބިދިނުމުގެ އިތުރުން ރައީސުލްޖުމްހޫރިއް ނެރުއްވާ އަމުރުތަކާ ގުޅޭގޮތުން ކޯޓުގައިވެސް ސުވާލެއްވެސް ނުކުރެވޭނެއެވެ. އަދި، އަމުރުފުޅުތައް ނެރުއްވާ މީހެއްގެ މައްޗަށްވެސް މިއިން އަމުރުފުޅަކާ ގުޅޭގޮތުން ދައުވާއެ އެގައުމުގައި ނުކުރެވޭނެއެވެ.

ސްރީ ލަންކާގެ ރައީސް ގޮޓަބަޔަ ރާޖަޕަކްސަ އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައިވަނީ، ފާއިތުވެދިޔަ އޮގަސްޓުމަހުގެ 30 ވަނަ ދުވަހުއެވެ. 225 މީހުން ތިބޭ، ސްރީ ލަންކާގެ ގާނޫނުހަދާ މަޖިލިހުގައި އެގައުމުގައި މިހާރު ވެރިކަންކުރާ ޕާޓީގެ 150 މެމްބަރުން ތިއްބަވައެވެ.

އެގައުމުގެ ގާނޫނު އަސާސީ ބުނާގޮތުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު، ޖެހިގެން އަންނަ 14 ދުވަހުގެ ތެރޭގައި އެ ގަރާރަށް ގާނޫނު ހަދާ މަޖިލިހުގެ ރުހުން ހޯދަންޖެހެއެވެ.

ސްރީލަންކާގައި ކުއްލި ނުރައްލުގެ ހާލަތު އިއުލާން ކުރުމަށް އެގައުމުގެ ރައީސް ނިންމެވި ނިންމެވުމަށް ގާނޫނު ހަދާ މަޖިލިހުގެ 132 ވޯޓު ލިބިފައިވާއިރު، ދެކޮޅަށް ވޯޓު ދެއްވާފައިވަނީ އެންމެ 51 މެމްބަރުންނެވެ.

ފާއިތުވެދިޔަ ހަފްތާތަކުގައި، އަސާސީ މުހިންމު ބާވަތްތައް ކަމުގައިވާ ހަކުރު، ހިކި ކިރު، އަދި ކައްކާ ގޭސް ސްރީ ލަންކާއިންވަނީ އާދަޔާ ޚިލާފަށް މަދުވެފައެވެ. ސަރުކާރުން ބުނެފައިވަނީ، އަސާސީ ބައެއް ތަކެތި އާދަޔާ ޚިލާފަށް މަދުވެގެން ދިޔައީ، ތަކެތީގެ އަގަށް އަތުވެދާނެ ބަދަލަކަށް ތައްޔާރުވެ ތިބުމަށްޓަކާ ބައެއް ބަރާތްތަކުން އެއްފަހަރާ ގިނަ އަދަދެއްގެ ބާވަތްތައް ގައތުމާ ގުޅިގެން ކަމުގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ