ދަރަނބޫދޫ ބަނދަރު މަސައްކަތް ނިމުމަކާއި ގާތަށް

ދަރަނބޫދޫ ބަނދަރު މަސައްކަތް ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
06 ސެޕްޓެމްބަރ 2021 02:54
0

ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެވެެ.

އެމްޓީސީސީން ވަނީ ބަނދަރުގެ މަސައްކަތުގެ ބޮޑުބައި ނިންމާފައެވެ. ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް 4 ސެޕްޓެމްބަރ 2021 ވަނަ ދުވަހު ވަނީ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ ސޭންޑް-ފިލްޑް ބޭރުތޮށި ލުމުގެ މަސައްކަތެވެ.

މި މަޝްރޫޢުގެ ދަށުން ބޮޑު ހިލަ ބޭނުންކޮށްގެން 410 މީޓަރު ބޭރުތޮށި ހެދުމާއި، 196 މީޓަރުގެ އެއްގަމު ތޮށި ވަނީ ހަދާފައެވެ. އަދި 10 މޫރިން ބުލޮކް ލުމާއި، 10 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ވެސް ވަނީ ހަރުކޮށްފައެވެ.

މީގެ އިތުރުން ދެހާސް ފަސްސަތޭކަ އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއި، ސާޅީސް ދެހާސް ހަ ސަތޭކަ އަކަ މީޓަރުގެ ބަނދަރެއް ފުންކުރުމާއި، ހަތަރު ހާސް އަކަ މީޓަރުގެ ނެރެއް ފުންކުރުމާއި އަދި ފަސްދޮޅަސް މީޓަރުގެ ރިވެޓްމަންޓްޖެހުންވެސް މިމަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. މި މަޝްރޫޢަކީ 38.2 މިލިއަން ރުފިޔާގެ މަޝްރޫޢެއް.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.