ވެރިފަރާތަށް ނޭގި 180،000 ރުފިޔާ ޓްރާސްފާކުރި މައްސަލައެއްގައި އަންހެނަކު ހޯދަނީ

ވެރިފަރާތަށް ނޭގި 180،000 ރުފިޔާ ޓްރާސްފާކުރި މައްސަލައެއްގައި އަންހެނަކު ހޯދަނީ

Author
މުޙައްމަދު ޝަޒައިމް
06 ސެޕްޓެމްބަރ 2021 10:56
0

ވެރިފަރާތަށް ނޭގި 180،000 ރުފިޔާ ޓްރާސްފާކުރި މައްސަލައެއްގައި އަންހެނަކު ހޯދަަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ވީޑިއޯއާއިއެކު ހޯދަން އާންމުކޮށްފައިވާ މީހަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެކައުންޓުން -/180000ރ އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއްކަމަށް ފުލުހުން ބުނެއެވެ.

މިމީހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ ދަންނަވާފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.