މަހުލޫފުގެ މައްސަލަ އަލުން ބަލަނީ

މަހުލޫފުގެ މައްސަލަ އަލުން ބަލަނީ

Author
މުޙައްމަދު ޝަޒައިމް
05 ސެޕްޓެމްބަރ 2021 09:48
0

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން އޭނާ އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުން އެ މަޖިލީހުން މައްސަލަ ބަލަން ފަށައިފިއެވެ.

މަހުލޫފްގެ މައްސަލަ ބެލުމަށް ނިންމާފައިމިވަނީ އިސްތިއުނާފުގެ ފަނޑިޔާރުންގެ މަޖިލީހަށް އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތާއީދު ކުރެއްވި ކެންޑިޑޭޓުން ހޮވި، އެ މަޖިލީހުގެ އާ ދައުރު ފަށާފައިވަނިކޮށެވެ.

މިރޭ އެ މައްސަލަ ބަލަން އެމްޑީޕީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމެއް މިރޭ 8:30ގައި ބާއްވާތީ އެނާ އެމްޑީޕީގެ އޮފީހަށް ހާޒިރުވުމަށް ވަނީ އަންގައިފަ އެވެ. އޭނާއަށް އަންގާފައި ވަނީ ބޭނުން ނަމަ ވަކީލަކާއެކު ވަޑައިގަތުމަށެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބީ ޝަކުވާ ބަލާ ކޮމިޓީން މީގެ ކުރިން ނިންމާފައި ވަނީ އެ އިންތިހާބަށް މަހުލޫފްގެ ޝަރުތު ފުރިހަމަ ނުވާ ކަމަށާއި އޭނާގެ ކެންޑިޑެސީ ބާތިލު ކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ.

އެމްޑީޕީންވަނީ އެޕާޓީގެ އެތެރޭގެ އިންތިޚާބުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި، މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ބަލާ މައްސަލައެއްގައި ތުހުމަތު ކުރެވޭ އެއްވެސް ބޭފުޅަކަށް ވާދަ ނުކުރެވޭނެކަމަށް ބުނެފައެވެ. މީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތާއި ގުޅިގެން އޭސީސީން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ފިޔަވަޅު އަޅައިދިނުމަށް އެދި އެކިއެކި މުއައްސަސާތަކަށް ނަން ފޮނުވާފައިވާ ފަރާތްތަކަށްވެސް ވާދަ ނުކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.