ގެއްލިގެން ރިޕޯޓްކޮށްފައިވާ މާސްޓަރ ޑެބިޓް ކާޑަކުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ދެމީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުންވަނީ މިދެމީހުންގެވެސް ފޮޓޯ އާންމުކޮށްފައެވެ. އަދި މިދެމީހުން ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ފުޓޭޖެެއްވެސް ހިއްސާ ކުރައްވާފައެވެ.
ފުލުހުން ބުނެފައިވަނީ މި މީހަކީ 2021 އޭޕްރީލް 1 ވަނަ ދުވަހުގެ ވަގުތެއްގައި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ މާސްޓަރ ޑެބިޓް ކާޑެއް ބޭނުންކޮށްގެން ފިހާރައަކުން ވިޔަފާރިކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމުގައެވެ.
ގެއްލިގެން ރިޕޯޓްކޮށްފައިވާ މާސްޓަރ ޑެބިޓް ކާޑަކުން ވިޔަފާރިކޮށްފައިވާ މައްސަލައެއްގައި ދެމީހަކު ހޯދަނީhttps://t.co/lxopxE89pp pic.twitter.com/WhfG3DrZwq
— Maldives Police (@PoliceMv) September 5, 2021
މިދެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 483699 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.