ޖޭއެސްސީން އާ ލޯގޯއާއި، ވެބްސައިޓް ތަޢާރަފްކޮށްފި

ޖޭއެސްސީން އާ ލޯގޯއާއި، ވެބްސައިޓް ތަޢާރަފްކޮށްފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އާ ލޯގޯއަކާއި، ވެބްސައިޓެއް ތަޢާރަފްކޮށްފިއެވެ.

ޖޭއެސްސީންވަނީ ވެބްސައިޓާއި، ލޯގޯގެ ވީޑިއޯވެސް އާންމުކޮށްފައެވެ. އަދި އާވެބްސައިޓު މިއަދުން ފެށިގެން ވަނީ ބޭނުން ކުރަން ފަށާފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން، 04 ސެޕްޓެމްބަރު 2008 ގައި އެކުލަވާލާފައިވާ މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ. ކޮމިޝަނުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރަމުން ގެންދަނީ ޤާނޫނުއަސާސީއާއި ޖުޑީޝަލްސަރވިސް ކޮމިޝަނުގެ ޤާނޫނާއި އަދި އެކިއެކި ޤާނޫނުތަކުން ކޮމިޝަނުން އަދާކުރަންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތުކަމުގައި ކަނޑައަޅާފައިވާ ޤާނޫނީ އިމުގެ ތެރެއިންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނިވަޑައި ގަންނަވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސުޕްރިމްކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އުއްތަމަފަނޑިޔާރު ފިޔަވައި އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބުކުރައްވާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުތަކުން އިންތިޚާބު ކުރައްވާ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅުއްވާ މެންބަރަކާއި، އާންމުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާ ބޭފުޅަކާއި، ސިވިލްސަރވިސް ކޮމިޝަނުގެ ރައީސާއި، ރައީސުލްޖުމްހުރިއްޔާ ޢައްޔަން ކުރައްވާ ބޭފުޅަކާއި ދަޢުލަތުގެ ބަންޑާރަނައިބުގެ އިތުރުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރެއްވުމުގެ ހުއްދަލިބިވަޑައިގެންފައިވާ ވަކީލުންގެ ތެރެއިން، އެބޭފުޅުން އިންތިޚާބުކުރައްވާ ވަކީލެކެވެ.

ޖޭއެސްސީގެ މިހާރު އޮތް ކޮމްޕޮޒިޝަން ބަދަލު ކުރުމަކީ މިސަރުކާރުގެ ވައުދެކެވެ. އެކަން ނުވެ ދެއަހަރާއި ބައިވެގެން ގޮސްފައިވާއިރު ސަރުކާރުން ބުނެފައިވަނީ ދައުރު ނިމުގެ ކުރިން އެކަން ކުރާނެކަމަށެވެ. ސަރުކާރުން މިހެން ބުނެފައިވަނާއި، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލަވާލާފައިވާގޮތް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މަހުބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ތާރިޤު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *