ނަޖީބަކީ އެމްޑީޕީއާއި ގުޅިގެން ޔާމީން ޖަލަށް ލުމަށް އަޅުގަނޑުގެ ގާތު އެދުނުމީހެއް: ހައިލަމް

ނަޖީބަކީ އެމްޑީޕީއާއި ގުޅިގެން ޔާމީން ޖަލަށް ލުމަށް އަޅުގަނޑުގެ ގާތު އެދުނުމީހެއް: ހައިލަމް

Author
މުޙައްމަދު ޝަޒައިމް
04 ސެޕްޓެމްބަރ 2021 08:45
0

ކްރިމިނަލް ކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން ނަޖީބަކީ އެމްޑީޕީއާއި ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް އެދުނު މީހެއް ކަމުގައި ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޤާޟީ ހައިލަމް އާއި ގުޅޭގޮތުން ނަޖީބު ދެއކި ވާހަކަތައް ހައިކަމް ވަނީ ދޮގުކޮށްފައެވެ. ހައިކަމް ވިދާޅުވީ ނަޖީބު އޭނާއައި ގުޅޭގޮތުން ދައްކާފައިވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތެއްކަމަށާއި، މިވާހަތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށެވެ. އަދި ނަޖީބަކީ ރައީސް ޔާމީނަށް ހުކުމް ކުރުމަށްޓަކައި، އެމްޑީޕީއާއި ގުޅިގެން އޭނާގާތުގައި ތަކުރާރުކޮށް އެދުނު ޤާޟީއެއް ކަމުގައި ހައިލަމް ވިދާޅިވިއެވެ.

ރައީސް ޔާމީންގެ ޝަރީޢަތާމެދު ކަންބޮޑުވާކަން ދެއްކުމުގެ ގޮތުން، ކުރީގެ ޤާޟީ ނަޖީބް އަޅުގަނޑާ ބެހޭގޮތުން ދެއްކެވި ޙަޤީޤަތާ ޚިލާފު ވާހަކަތައް ކުށްވެރިކުރަން. ނަޖީބަކީ، ވަޒީފާގެ ކަށަވަރުކަމަށްޓަކައި އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ޖަލަށް ލުމަށް އަޅުގަނޑު ގާތު އެދުނު ބޭފުޅެއް. أقسم بالله!

– ހައިލަމް ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޤާޟީ ނަޖީބު ވިދާޅުވެފައިވަނީ ޝަރުއީ ނިޒާމަށް ސަރުކާރުގެ ނުފޫޒު ފޯރާފައި އޮތް މިންވަރު ގާތުން ފެނިވަޑައިގެންނެވި ކަމަށާ އެކަން ތަޖުރިބާވެސް ކުރެއްވުނު ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓްގެ އޭރުގެ އިސް ގާޒީ އަލްއުސްތާޛު އަހުމަދު ހައިލަމްކަމަށެވެ. ހައިލަމް އެ މައްސަލަ ބެއްލެވިއިރުގައި އޭނާއާއި، ހައިލަމްއާ ދެމެދު ދެކެވޭ ވާހަކަތައް އެނާ ހަނދާންނެތޭކަމަށެވެ.

އެއް ދުވަހެއްގައި އަޅުގަނޑު ކޮޓަރީގައި އިންދާ ހައިލަމް އަޅުގަނޑުގެ ކޮޓަރިއަށް ވެންނެވި. އޭރު ރައީސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލަ ބައްލަވަނީ ހައިލަމް ފަނޑިޔާރު. އަޅުގަނޑު ދެންނެވިން ހައިލަމްއޭ ސުޕްރީމް ކޯޓްގެ ފަނޑިޔާރެއްގެ މަގާމަށް ހުސްނުއްސުއޫދު ހަމަޖެހޭ ހަބަރު އެބައިވެއޭ. އާދެ، ތެދަށް މި ދަންނަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ސިޔާސީ މަަންފާއެއް އަދި އަމިއްލަ ފައިދާއެއްނެތި މި ވާހަކަ މި ދައްކަނީ މި މުޖްތަމައުއަށް މި ވާހަކަ ބޭނުންވާނެތީ. މަގާމުން ދުރުކުރަން ނިންމުމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވެވީ.

– ނަޖީބު ވިދާޅުވިއެވެ.

ނަޖީބު ވިދާޅުވީ މިކަމުގައި ހައިލަމް ވަގުތުން ގުޅީ ރަައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ ޒާހިރަށް ކަމަށެވެ. އަލީ ޒާހިރަށް ގުޅުވުމުން އެއް މިނެޓް ނުވަނީސް އަލީ ޒާހިރު އަނެއްކާ ހަައިލަމަށް ގުޅުއްވިކަމަށެވެ. ހައިލަމަށް ގުޅުއްވީމަ ހައިލަމްގެ ފޯނު ސްޕީކަރަށް ލެއްވިކަމަށާއި، ސްޕީކަރަށް ލައްވާފައި  އަޑުއިއްވަނީ، އަލީ ޒާހިރަށް ގުޅުއްވައި ހުސްނުއްސުއޫދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންޔަން ކުރަން އުޅޭކަމަށް ދެންނެވިކަމަށެވެ. ނަމަވެސް އަލީ ޒާހިރު ސުއޫދަށް އެމަޤާމަށް ނާދެވޭނެކަމަށްބުނެ ހައިލަމަށް އެމަޤާމު ހަމަޖެހޭނެކަމަށް ވިދާޅުވެފައިކަމަށެވެ.

ނަޖީބުވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ރައީސް ޔާމީންގެ ޝަރީއަަތަށް ސަރުކާރުގެ ނުފޫޒު ފޯރުވުކަމަށް ބުނެ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.