މަޖިލީހުގައި އެންމެ ގޮނޑިއެއް ނެތި، ސަރުކާރުގެ ބޮޑުބައެއް "ކާލެވޭ" ޕާޓީތަކުން ބަރުލަމާނީއަށް ބިރުގަންނާނެ: އިންތި

މަޖިލީހުގައި އެންމެ ގޮނޑިއެއް ނެތި، ސަރުކާރުގެ ބޮޑުބައެއް "ކާލެވޭ" ޕާޓީތަކުން ބަރުލަމާނީއަށް ބިރުގަންނާނެ: އިންތި

Author
މުޙައްމަދު ޖިމީ
04 ސެޕްޓެމްބަރ 2021 07:08
0

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގޮނޑިއެއް ނެތްނަމަވެސް، ސަރުކާރުގެ ބޮޑު ބައެއް ހޯދޭތީ އެޕާޓީތަކުން ބަރުލަމާނީ ނިޒާމްދެކެ ބިރުގަންނާނެކަަމަށް ވިދާޅުވެ ނުސީދާކޮށް އަދާލަތުޕާޓިއަށް، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ފާޑުވިދާޅުވެއްޖެއެވެ.

19 ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ވާދަކޮށްގެންވެސް އަދާލަތު ޕާޓިއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބުކުރެވިފައެއް ނުވެއެވެ. ނަމަވެސް އެމްޑީޕީ ހިއްސާވާ ސަރުކާރުގައި އަދާލަތު ޕާޓީއަކީ  ބާރުގަދަ އަދި ބަސް ބުނާ ޕާޓީއެއްކަމަށް ބުނެ އެމްޑީޕީގެ މެންބަރުންގެ ފާޑުކިޔުން އަދާލަތަށް އަމާޒުވެފައިވެއެވެ.

މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، މަޖިލީހުގެ އެންމެ ގޮނޑިއެއް ނެތަސް ސަރުކާރުގެ ބޮޑު ބައެއް "ކައިލެވޭތީ" އެކަހަލަ ޕާރޓީތަކުން ބަރުލަމާނީ ދެކެ ބިރުގަންނާނެކަމަށެވެ. އިންތި ވަނީ ސަރުކާރު ގެނައުމަށް އެމްޑީޕީން ބޮޑު ޤުރުބާނީއެއްވެ ސަރުކާރުގެ އެންމެ %40 އެޕާޓީއަށް ލިބޭ ނިޒާމާމެދު ވިސްނަންޖެހޭކަމަށް ވިދާޅުވެ ބަރުލަމާނީ ނިޒާމަށް ތާޢީދުކުރައްވާކަން ހާމަކުރައްވާފައެވެ.

އިންތިޚާބުގައި ބޮޑު ގުރުބާނީވި، އަދި ރިޔާސީ ކެންޑިޑޭޓް ހިމެނޭ އެންމެ ބޮޑު ޕާޓީއަށް ސަރުކާރު ގެ އެންމެ %40 ލިބޭ ނިޒާމާ މެދު އެމް.ޑީ.ޕީ. ވިސްނަން ޖެހޭ.

– އިމްތިޔާޒް ފަހުމީ

އިންތި މިހެން ވިދާޅުވެފައިވާއިރު، ބަރުލަމާނީ ނިޒާމް ގެންނަން، ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި ރައީސުލްޖުމްހޫރިއްޔާއަށް ހުށައަޅާ ޕެޓިޝަނެއްގައި އެމްޑީޕީއަށް ތާޢީދުކުރައްވާ ބައެއް ފަރާތްތަކުން އަންނަނީ ސޮއިކުރަމުންނެވެ. އެގޮތުން އެ ޕެޓިޝަންގައި 50،000އަށް ވުރެ ގިނަ މީހުން މިހާރު ސޮއިކޮށްފައިވާކަމަށް ވަނީ ބުނެފައެވެ.

ޕެޓިޝަން ތައްޔާރު ކުރަމުން ދިޔަ ނަމަވެސް މިހާރު ވެރިކަން ކުރަމުންދާ ކޯލިޝަނުން އަމަލު ކުރަމުންދަނީ، ކޯލިޝަން މެނިފެސްޓޯއަށް ކަމަށާއި، އެކޯލިޝަންގައި އެއްވެސް ހިސާބެއްގައި ބަރުލަމާނީ ނިޒާމު ގެނައުމަށް ބުނެފައި ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ބަރުލަމާނީ ނިޒާމުގެ ވާހައަކީ ކޯލިޝަން މެނިފެސްޓޯގައި އޮތް ވާހަކައެއް ނޫންކަމަށެވެ. އަދި ނިޒާމު ބަދަލުކުރާނެ އެކަން ކުރެވޭނީ ރައްޔިތުންގެ ރެފަރެންޑަމަކަށް ގޮސްގެންކަމަށް ރައީސް ޞާލިހު ތަކުރާރުކޮށް ވިދާޅުވެފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައިވަނީ ބަރުލަމާނީ ޕެޓިޝަނަކީ ވަކި ބަޔަކަށް ފެނިގެން ކުރިއަށްދާ ކަމެއްކަމަށެވެ. ނަމަވެސް ބަރުލަމާނީ ނިޒާމު ގެންނަ ނަމަ އެކަން ކުރެވޭނެ ގޮތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިގެންކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވެފައިވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ ފުރުސަތު އޮންނާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަން ކުރުމަށް ނިންމައިފި ހާލަތެއްގައި ކަމުގައެވެ. އަދި އޭގެ ކުރިން ވިދާޅުވެފައިވަނީ، ވެރިމުގެ ނިޒާމު ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެ، ވައްދުތައް ފުއްދެވޭތޯ މަސައްކަތް ކުރެއްވުން މިވަގުތަށް އެމަނިކްފާނަށް މާމުހިންމު ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކިލެގެފާނު
އިންތި އެހާކުޑަ ޕާޓީއެއްދެކެ ކަލޭމެން ހާދަބިރެކޭތިގަންނަނީ
ކ ކިލެގެފާނު
ތިކަމާކަލޭހިތައުދަގޫވާނަމަ ހިތުގެބޭސްކާންފަށާ
ކ ކިލެގެފާނު
ދެން ކިކިކޮ ރޮށިފިހޭ
ކ ކިލެގެފާނު
ދެންލަލާ