މި މަހުގެ 5 ވަނަ ދުވަހުންފެށިގެން، ކޯވިޑް19 ވެކްސިން ޖަހައިގެން އަބޫ ދާބީއަށް ދަތުރު ކުރާ މީހުން ކަރަންޓީންވާން ނުޖެހޭގޮތަށް ހަމަޖައްސާފައި ވާކަމަށް އަބޫ ދާބީ މީޑިއާ އޮފީހުން ހާމަ ކޮށްފިއެވެ. އެހެންނަމަވެސް، އެގައުމަށް ދަތުރުކުރާ ހުރިހާ ޓުއަރިސްޓުންގެ އަތުގައިވެސް ވެރިފައި ކޮށްފައިވާ ކޮރޯނާވައިރަސް ވެކްސިން ސެޓިފިކޭޓްއެއް އޮންނަ ޖެހޭނެކަމަށްވެސް މީޑިއާ އޮފީހުން ހާމަ ކޮށްފައި ވެއެވެ.
"ދަތުރު ކުރުމުގެ ކުރިން ހުރިހާ ޓުއަރިސްޓުންވެސް، ފެޑެރަލް އޮތޯރިޓީ އައިޑެންޓީޓީ، ނުވަތަ ސިޓިޒެންޝީޕް ވެބްސައިޓް ނުވަތަ އެޕްލިކޭޝަނެއް މެދުވެރިކޮށް، އެމީހުންގެ ވެކްސިން ސެޓިފިކޭޓްގެ ސައްޙަކަން ކަށަވަރު ކުރަންވާނެ،" މީޑިއާ އޮފީހުން ކޮށްފައިވާ ޓުވީޓް ތަކުގައި ބުނެފައި ވެއެވެ.
އެންމެ ފަހުން އާންމު ކޮށްފައިވާ މި ބަޔާނުގައި، މިއުސޫލުން ދުނިޔޭގެ އެއްވެސް ގައުމެއް އިސްތިސްނާ ކޮށްފައި ނުވިނަމަވެސް، އަބޫ ދާބީއަށް ޒިޔާރަތްކުރާ ހުރިހާ އެންމެންވެސް، ދަތުރަށް ފެށުމުގެ 48 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރު ޓެސްޓެއް ގެންދަން ޖެހެއެވެ.
Abu Dhabi Emergency, Crisis and Disasters Committee has approved removing the need to quarantine for all vaccinated travellers arriving into Abu Dhabi from all international destinations and updated travel procedures, effective from Sunday, 5 September 2021. pic.twitter.com/TK12LrQjr1
— مكتب أبوظبي الإعلامي (@admediaoffice) September 2, 2021
އަބޫ ދާބީގެ މީޑިއައޮފީހުން ހާމަ ކޮށްފައިވާ ގޮތުގައި، ހުރިހާ ދަތުރުވެރިންވެސް އެއަރޕޯޓަށް ފޭބުމާއެކުވެސް ޕީސީއަރު ޓޭސްޓް ހަދަން ޖެހެއެވެ.
Abu Dhabi Emergency, Crisis and Disasters Committee has updated the travel procedure for tourists arriving into Abu Dhabi emirate from abroad, following the UAE’s approval to issue tourist visas for those vaccinated. pic.twitter.com/kSi7QZnaqx
— مكتب أبوظبي الإعلامي (@admediaoffice) September 2, 2021