ސްރީލަންކާގައި އޮތް ލޮކްޑައުން އަނެއްކާވެސް އިތުރު ހަފްތާއަކަށް ދަމަހައްޓައިފި

ސްރީލަންކާގައި އޮތް ލޮކްޑައުން އަނެއްކާވެސް އިތުރު ހަފްތާއަކަށް ދަމަހައްޓައިފި

Author
ހުސެއިން
03 ސެޕްޓެމްބަރ 2021 12:53
0

ކޯވިޑްގެ ހާލަތު އާދަޔާ ޚިލާފަށް ގޯސްވާން ފެށުމާއި ގުޅިގެން، ސްރީލަންކާއި މިހާރުވެސް ހިންގަމުންދާ ލޮކްޑައުން އިތުރު އެއް ހަފްތާއަށް ދިގު ދަންމާލުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ސްރީލަންކާގެ ހެލްތު މިނިސްޓަރ ކެހެލިޔަ ރަމްބުކްވެއްލަ އިއުލާން ކުރައްވާފައިވާ ގޮތުގައި، މި ލޮކްޑައުން ނިމުމަކަށް އަންނާނީ، ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ.

ސްރީ ލަންކާގައި ކޯވިޑް ފެތުރެމުންދާ ނިސްބަތް އާދަޔާ ޚިލާފަށް މަތިވެ އަދި މަރުވާ މީހުންގެ ނިސްބަތްވެސް އިތުރުވެ، ގައުމުގެ ސިއްޙީ ނިޒާމަށް އާދަޔާ ޚިލާފަށް ބާރުބޮޑުވާން ފެށުމާއި ގުޅިގެން، ސްރީ ލަންކާ 10 ދުވަހަށް ލޮކްޑައުން ކުރުމަށް އެގައުމުގެ ސަރުކާރުން އެންމެ ފުރަތަމަ ނިންމާފައިވަނީ ފާއިތުވެދިޔަ އޮގަސްޓުމަހުގެ 20 ވަނަ ދުވަހުއެވެ.

އަދި އެއަށްފަހުވެސް ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހާ ހަމަޔަށްވެސް ލޮކްޑައުންގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

32 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި ކޯވިޑް19ގެ ޑެލްޓާ ވޭރިއެންޓް ފެތުރެމުން ދިއުމާގުޅިގެން، އެގައުމުގެ ހޮސްޕިޓަލްތަކަށް ވަނީ ބާރު ބޮޑުވެފައެވެ.

ސްރީ ލަންކާގެ އާބާދީގެ ހަތަރުބައި ކޮށްފަ އެއްބަޔަށް މިހާރުވަނީ ވެކްސިން ދީ ނިންމާފައެވެ. މީގެ ތެރޭގައި ގިނައީ ޗައިނާގެ ސިނަފާމް ވެކްސިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.