މިއަހަރު 74 ކުއްޖަކަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދީފައިވޭ

މިއަހަރު 74 ކުއްޖަކަށް ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ދީފައިވޭ

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، މިއަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދަކަށް ވަކީލުން ހަމަޖައްސަދީފައިވަނީ ކުޑަކުދިންގެ މައްސަލަތަކުގައިކަމަށް އެޓާނީ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެއެވެ.

ދައުލަތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދީފައިވާ މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 74 ކުޑަކުދިންގެ އިތުރުން، 18-30 އަހަރާއި ދެމެދުގެ 28 މީހަކަށާއި، 31-50 އަހަރުގެ 31 މީހަކަށާއި، 51 އަހަރުން މަތީގެ 7 މީހަކަށް ވަނީ ދައުލަތުން ވަކީލުން ހަމަޖައްސާފައެވެ.

ވޭތުވެދިޔަ 8 މަސް ދުވަހުގެ ތެރޭގައި، ދައުލަތުން 140 މައްސަލައެއްގައި ޝާމިލުވާ މީހުންނަށް ވަނީ ދައުލަތުގެ ވަކީލުން ހަމަޖައްސާފައެވެ. މީގެ ތެރެއިން ދައުލަތުން އެންމެ ގިނަ އަދަދަކަށް އެހީތެރިކަން ފޯރުކޮސް ދީފައިވަނީ ކުޑަކުދިންނަށެވެ. އެގޮތުން ޖިނާއީ އެކި ކުށްތަކުގައި، 74 ކުއްޖަކަށް ވަނީ ދައުލަތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. ޤާނޫނު ބުނާގޮތުން ކުށެއްގެ ތުހުމަތުގައި ހިފެހެއްޓޭ ނުވަތަ ހައްޔަރު ކުރެވޭ، ކުއްޖަކަށް ޤާނޫނީ ވަކީލަކު ހަމަޖެއްސުން ނެތްނަމަ، އެފަދަ ކުދިންނަށް ދައުލަތުގެ ފަރާތުން ޤާނޫނީ ވަކީލެއް ހަމަޖައްސައިދޭންޖެހެއެވެ.

ކުޑަކުދިންނަށް ދައުލަތުން ޤާނޫނީ އެހީތެރިކަން ފޯރުކޮށްދީފައިވަނީ 8 ބާވަތެއްގެ ކުށްތަކުގައި ޝާމިލުވާ ކުޑަކުދިންނަށެވެ. އޭގެ ތެރޭގައި މީހުން މެރުމާއި، މާރާމާރީއާއި، މަސްތުވާތެއްޗާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ މައްސަލަތަކުގައި ޝާމިލުވާ ކުދިންވެސް ހިމެނެއެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގައި، ތުހުމަތުކުރެވޭ މީހަކީ ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދޭ ފަދަ މާލީ ތަނަވަސްކަމެއް ނެތްމީހަކު ނަމަ، އޭނާއަށް ދައުލަތުން ޤާނޫނީ ވަކީލަކު އައްޔަންކޮށް ދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ. ޤާނޫނީ އެހީއަށް އެދުނުނު މީހުންގެ ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުން 16 މީހަކަށް ލީގަލް އެއިޑް ދީފައިނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *