ފެހެންދޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

ފެހެންދޫ ބަނދަރުގެ މަސައްކަތް ނިމުމަކާއި ގާތަށް

Author
މުޙައްމަދު ޝަޒައިމް
03 ސެޕްޓެމްބަރ 2021 08:04
0

ބ.ފެހެންދޫގައި ލަފާފުރުމަށް ދިމާވެފައިވާ މައްލައް ހައްލު ކުރުމަށް އެރަށުގެ ބަނަރު ތަރައްޤީ ކުރުމަށް ކުރާ މަސައްކަތް ނިމުމަކާއި ގާތަށް ގޮސްފިއެެވެ.

އެމްޓީސީސީން ބުނެފައިވަނީ ފެހެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 90 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި ބްރިޖް އެޅުމުގެ މަސައްކަތުގެ 91 ޕަސެންޓް ވަނީ ނިމިފައިވާކަަމަށެވެ.

މި މަޝްރޫއުގެ ދަށުން ފެހެންދޫގައި 130 މީޓަރުގެ ސަރަހައްދެއްގައި އެއްްގަމު ތޮށިލުމާއި 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމްންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތި ޖެހުމާއި ނެރުބައްތި ޖެހުމުގެ އިތުރުން، ބަނދަރު ހިމެނޭ ސަރަޙައްދުގައި ޕޭވްމަންޓް ހެދުންވެސް މި މަޝްރޫއުގެ ދަށުން އެރަށުގައި ކުރެވިގެންދާނެއެވެ.

މިމަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 45.1 މިލިއަން ރުފިޔާއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.