މާލޭގައި "ޑްރަގު ކެފޭ"ތައް ހިންގާ ގެތަކުގެ ތެރެއިން ގެއެއްގެ ވެރިފަރާތުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ޕީޖީ ހުސެއިން ޝަމީމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކެފޭ އުޞޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރިކަމަށް ބެލެވޭ މ.ބްރައިޓްފްލަވަރ ގޭގައި، އެކަން ހުއްޓުވުމަށް އެންގުމުންވެސް ހުއްޓުވާފައިނުވާތީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެގޭ ވެރިމީހާގެ މައްޗަށް ޖިނާއީ ކޯޓުގައި ދައުވާ އުފުލައިފައިވާކަމަށެވެ.
ކެފޭ އުޞޫލުން މަސްތުވާތަކެތި ބޭނުންކުރަން ދޫކޮށްފައި ހުރިކަމަށް ބެލެވޭ މ.ބްރައިޓްފްލަވަރ ގޭގައި، އެކަން ހުއްޓުވުމަށް އެންގުމުންވެސް ހުއްޓުވާފައިނުވާތީ، މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެގޭ ވެރިމީހާގެ މައްޗަށް ޖިނާއީ ކޯޓުގައި ދައުވާ އުފުލައިފީމެވެ.
— Hussain Shameem (@HuShameem) September 2, 2021
މާލޭގެ ބައެއް ގޭގޭގައި ހިންގަމުންދިޔަ ޑްރަގުގެ ވިޔަފާރިތަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި 23 ތަނެއް ބަލައި ފާސްކޮށްފައިވެއެވެ. މިތަންނުން 768 މީހަކު ވަނީ ބަލާ ފާސްކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 720 ފިރިހެނުންނާއި، 37 އަންހެނުން އަދި 18 އަހަރުން ދަށުގެ 11 ކުޑަކުދިންނެވެ. އަދި މި އޮޕަރޭޝަންގައި 51 އަހަރުން މަތީގެ 23 މީހުންނާއި 57 ބިދޭސީންވެސް ބަލާ ފާސްކުރި މީހުންގެ ތެރޭގައި ހިމެނެއެވެ.
މިތަން ތަނުން ފަސްދޮޅަސް ނުވަހާސް ފަސްސަތޭކަ ރުފިޔާވެސް ވަނީ އަތުލައިގެންފައެވެ. މީގެއިތުރުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ގިނަ ޢަދަދެއްގެ އެއްޗެހިވެސް އެތަންތަނުން ފުލުހުން ހޯދިއެވެ.
ކޮމެންޓު ފޮނުވާ