އަނގޮޅިތީމު ބަނދަރުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ

އަނގޮޅިތީމު ބަނދަރުގެ 53 އިންސައްތަ މަސައްކަތް ނިމިއްޖެ

ގުޅުންހުރި

އެމްޓީސީސީން ކުރިއަށް ގެންދާ ރ.އަނގޮޅިތީމު ބަނދަރު މަސައްކަތުގެ 53 އިންސައްތަ ނިމިފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ އަނގޮޅިތީމް ބަނދަރުގެ މަސައްކަތުގެ ތެރެއިން އެއްގަމު ތޮށިލުމުގެ މަސައްކަތް ޖޫން މަހުގެ 24 ވަނަ ދުވަހު ނިމިފައިވާކަމުގައެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށްވާކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގައި ސާޅީސް ދެހާސް ކިޔުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކޮށް ހިއްކުމާއި، ދުއިސައްތަ އެކާވީސް މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށްވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހައި، ނުވަދިހަ މީޓަރަށްވުރެ ބޮޑު ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. މިމަސައްކަތްތަކުގެ އިތުރުން އެއްހާސް އެއްސަތޭކަ ދިހަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި، މަގު ބައްތި ޖެހުންވެސް ހިމެނެއެވެ.

މި މަސްރޫޢޫ އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ 44.31 މިލިއަން ރުފިޔާއަށް މިމަހުގެ 08 ވަނަ ދުވަހުއެވެ. މި ކުންފުނިން މިހާރުވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ބަނދަރުތައް ތަރައްޤީ ކުރަމުންނެވެ. މިހާރު ހަދަމުންދާ ގިނަ ބަނދަރުތައް މިއަހަރު ހުޅުވޭނެކަަމަށްވެސް އެމްޓީސީސީން ލަފާކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ