ރައީސް ޔާމީންގެ ހުކުމް ލިޔުއްވީ ހިސާންކަމަށް ތުހުމަތު ކުރައްވައިފި

ރައީސް ޔާމީންގެ ހުކުމް ލިޔުއްވީ ހިސާންކަމަށް ތުހުމަތު ކުރައްވައިފި

ގުޅުންހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ހުކުމް ލިޔުއްވީ ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ތުހުމަތު ކުރައްވައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބާއްވާ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމަކީ ސަރުކާރުގެ ނުފޫޒު އޮވެގެން ކުރި ހުކުމެއްކަން ތިން ފަނޑިޔާރަކު ބުނެފައިވާއިރު، މިއަދު އެކަން ބަދަލު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ޖޭއެސްސީގެ ރައީސް ހިސާން ހުސެއިން ލިޔުއްވި ހުކުމެއްކަމަށް ސައީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ސައީދު ވަނީ މިރޭގެ ބައްދަލުވުމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ލީޑަރުންނަށް ހޫނު ރައްދު ތަކެއް ދެއްވާފައެވެ. ސައީދު ވިދާޅުވީ އަމިއްލަ އަދުމާއި، ޤައުމުގެ މަސްލަހަތު ދޫކޮށް މާދީ ފައިދާއަށް މަސައްކަތް ކުރާ ލީޑަރުންނަކީ ދިވެހި ރައްޔިތުން ދެން ބަލައި ގަންނާނެ ބައެއް ނޫންކަމަށެވެ. ރާއްޖޭގެ ސިޔާސީ ލީޑަރުންގެ ތެރެއިން ރައީސް ޔާމީން ފިޔަވައި ޤައުމުގެ ހައްގުގައި ވަކާލާތު ކުރައްވާ ސިޔާސީ ލީޑަރެއް ނުފެންނަ ކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިއަދު ސިޔާސީ މަސްރަހުގައި އުޅުއްވާ ހުރިހާ ލީޑަރުންނަށްވެސް ޤައުމަށް ޚިދުމަތް ކުރުމުގެ ފުރުސަތު އެކި ގޮތްގޮތަށް ލިބުނު ކަމަށެވެ. ނަމަވެސް ހުރިހާ ލީޑަރުންނާއި ރައީސް ޔާމީންއާއި ތަފާތުވަނީ އެމަނިކުފާނުގެ މަސައްކަތްޕުޅާއި، ކޮށްދެއްވި ޚިދުމަތުންކަމަށް ސައީދު ވިދާޅުވިއެވެ.

ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން ރައީސް ޔާމީނަށް ކިޔަމުންދާ ފާޑުކިޔުންތަކާއި ގުޅިގެން ސައީދު ވިދާޅުވީ، ރައީސް ޔާމީނަށް ފާޑުކިޔަމުންދަނި އިދިކޮޅު ކޯލިޝަނުން ފާޑުކިޔާ ވަރަށްވުރެ މާކުޑަ ސިޔާސީ ޕާޓީތަކުންކަމަށެވެ. އޭނާވަނީ މިރޭގެ ޖަލްސާގައި ސަރުކާރުގެ ކޯލިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ދާދި އަވަހަށް ރައީސް ޔާމީން މިނިވަންކަންކޮށް، ޤައުމަށް ޚިދުމަތް ކުރައްވާނެތަން ފެންނާނެކަމަށް ވިދާޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ