ކުރީގެ މެމްބަރު އިބްރާހިމް ހަސަންގެ ދަރިފުޅު ކުއްލި ގޮތަކަށް ނިޔާވެއްޖެ

ކުރީގެ މެމްބަރު އިބްރާހިމް ހަސަންގެ ދަރިފުޅު ކުއްލި ގޮތަކަށް ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
01 ސެޕްޓެމްބަރ 2021 06:13
0

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ހަސަން (އެވިލާ) ދަރިފުޅު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

އުމުރުން އެންމެ 19 އަހަރުގެ ދަރުފުޅު ނިޔާވި ޚަބަރު އިބްރާހިމް ހަސަން ވަނީ ޓުވީޓު ކުރައްވާފައެވެ. ޓުވީޓުގައި އިބްރާހިމް ހަސަން ވިދާޅުވީ ދަރިފުޅު އާދަމް ފިރުޝާން ނިޔާވެފައިވަނީ ކުއްލި ގޮތަކަށް އަޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރުޝާން ނިޔާވުމުގެ ކުރިން މިއަދުވެސް އޭނާ ރައްޓިހިންނާއިއެކު ވަގުތު ހޭދަކޮށްފައިވެއެވެ.

ފިރުޝާން ނިޔާވި ޚަބަރާއިއެކު ގިނަ ބަޔަކު ދަނީ ތައުޒިޔާ ދަންނަވައި، ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިވަރު ކޮށްދެއްވުމަށް ދުޢާ ކުރަމުންނެވެ. މިހިތާމަވެރި ދަނޑިވަޅުގައި ޚަބަރު އޮންލައިގެން ފަރާތުންވެސް މަރުހޫމް ފިރުޝާންގެ އާއިލާއަށް ކެތްތެރިކަން ދެއްވައި، މަރުހޫމްރެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރުމަށް ދުޢާކުރަމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މަރްހޫމުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާ ށި آمين
އ އިބޫ ހުޅުމާލެ
Vaccin, vaccin, vaccin
م مر يم
މަރްހޫމުގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާ ށި آمين
އ އަހުމަދު
ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ އާމީން
ސ ސމދ/ ސީތޭރަ
ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރުމަށް ދުޢާކުރަމެވެ.