ޑްރަގު އޮޕަރޭޝަންގެ މައުލޫމާތު ލީކްކޮށްލި މައްސަލާގައި އާސިފްގެ ބަޔާން ނަގައިފި

ޑްރަގު އޮޕަރޭޝަންގެ މައުލޫމާތު ލީކްކޮށްލި މައްސަލާގައި އާސިފްގެ ބަޔާން ނަގައިފި

Author
މުޙައްމަދު ޖިމީ
01 ސެޕްޓެމްބަރ 2021 12:51
0

ގއ. ދާންދޫގައި ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅުންހުރި މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލައިގެ ތުހުމަތުގައި ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ ބަޔާން ނަގައިފިއެވެ.

އާސިފްގެ ލޯޔަރު ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވީ، ދާންދޫ ކައުސިލްގެ ރައީސްގެ މައްސަލާގައި މިއަދު ތަހުގީގަށް އާސިފްގެ ފަރާތުން ވަނީބަޔާންދީފައިވާކަމަށެވެ. ކުރެވޭ ތުހުމަތަކީ އެއްވެސް އަސާސެއްނެތް ތުހުމަތެއްކަމަށާއި ރައްޔިތުންގެ އިތުބާރުގެއްލޭފަދަ އެއްވެސްކަމެއް ކޮށްފައިނުވާނޭކަމަށް ތަހުގީގުގައި ބުނެފައިވާނެކަމަށްވެސް މުހުތާޒް ވިދާޅުވިއެވެ.

ގއ. ދާންދޫގައި ފުލުހުން ކުރިއަށް ގެންދަން އުޅުނު މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ގުޅުންހުރި މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލައިގެ ތުހުމަތުގައި ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ ފޯން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، މިމަހުގެ 11ގައެވެ.

ފުލުހުން ބުނެފައިވަނީ، މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކޮށްލި ކަމުގެ ތުހުމަތުގައި ދާންދޫން ހަތަރު މީހެއްގެ ފޯނު ހިފެއްހެއްޓިކަމަށެވެ. އެ މީހުންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނުން ފިޔަވާ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ބައެއްގެ ފޯން ފުލުހުންގެ އަތުގައި އޮތް ނަމަވެސް ދާންދޫ ކައުންސިލްގެ ރައީސްގެ ފޯން އޮތް ކަމަކަށް ނުބުނެއެވެ. ފުލުހުންގެ އޮޕަރޭޝަންގައި ބަލައި ފާސްކުރަން އުޅުނީ ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ އާއިލީ މީހެއްގެ ގެއެވެ.

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.