90އަށްވުރެ ގިނަ ފޯނާއި މަނާތަކެތި ޖަލަށް ވައްދަން އުޅެނިކޮށް އަތުލައިގަނެފި

90އަށްވުރެ ގިނަ ފޯނާއި މަނާތަކެތި ޖަލަށް ވައްދަން އުޅެނިކޮށް އަތުލައިގަނެފި

ގުޅުންހުރި

މާފުށީ ޖަލަށް ނުވަދިހައަށްވުރެ ގިނަ ފޯނާއި ސިމް ވައްދަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ރޭގެ ވަގުތެއްގައި ލޯންޗެއްގައި އައިސް މާފުށީޖަލަށް ގިނައަދަދެއްގެ މަނާތަކެތި ވައްދަން އުޅޭ ކަމަށް ލިބުނު މައުލޫމަތަކާއި ގުޅިގެން، ދިވެހި ފުލުހުންގެ ހިދުމަތާއި މާފުށި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ވަނީ ގިނަ އަދަދެއްގެ މަނާތަކެތި އަތުލައި ގަނެވިފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ، މި އޮޕަރޭޝަންގައި މަނާ ތަކެތި މާފުށީ ޖަލަށް ވެއްދުމަށް މަސައްކަތްކުރި މީހާގެ އަތުން 50 ސްމާޓް ފޯނާއި އާދައިގެ 42 ފޯނާއި، 109 ޗާޖަރާއި 77 ޔޫއެސްބީ ކޭބެލްގެ އިތުރުން ދިރާގުގެ 49 ސިމް ކާޑާއި އުރީދޫގެ 12 ސިމްކާޑު ފެނިފައިވާކަމަށެވެ. އަދި 65 ހެޑްސެޓާއި ކަޓަރު ތިލަ ދެ ޕެކެޓްގެ އިތުރުން 10 އިރާކް ސްޓިކާއާއި އެނޫންވެސް ބައެއް ތަކެތި ފެނިފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނުތައް ވެއްދުމަށް ވަރަށް ގިނައިން މަސައްކަތް ކުރެއެވެ. ނަމަވެސް ފުލުހުންނާއި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގާ އެކި އޮޕަރޭޝަންތަކުގައި މި ފަދަ ގިނަ ތަކެތި ފުލުހުން ދަނީ އަތުލައިގަންނަމުންނެވެ. ޖަލަށް ވެއްދުން މަނާތަކެތި ވައްދާ މައްސަލައަށް ހައްލު ހޯދުމަށް ކަރެންޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ