ދޫވެހީގެ ފޮޓޯ ނަގައި ޔާމީނަށް ފަރާލާ މައްސަލަ ޕޮލިހަށް

ދޫވެހީގެ ފޮޓޯ ނަގައި ޔާމީނަށް ފަރާލާ މައްސަލަ ޕޮލިހަށް

ގުޅުންހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ބަޔަކު ފާރަލަމުންދާ ކަމަށާއި އެމަނިކުފާނަށް ނިރުބަވެރި ހަމަލާއެއް އަމާޒުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ބުނެ ވަކީލުން އެ މައްސަލަ ފުލުހުންގެ އިދާރާ އަށް ހުށަހަޅުއްވައިފިއެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުންނެވެ. ފުލުހުންނަށް މައްސަލަ ހުށަހެޅުއްވުމަށް ފަހު އެމަނިކުފާނުގެ އިސް ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މި މައްސަލަ ފުލުހަށް ހުށަހެޅީ ރައީސް ޔާމީނަށް ލިބިވަޑައިގެންފާނެ ނުރައްކަލަކަށްޓަކައި ކަމަށެވެ.

މީގެ ކުރިން ރައީސް ޔާމީންގެ ގެކޮޅު ކައިރީ ގޮތް ނޭނގޭ ބަޔަކު ހަރަކާތްތެރިވާ ވީޑިޔޯއެއް އާންމުވެފައިވާއިރު، އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރުވެސް ނިރުބަވެރި ހަމަލާއެއް އަމާޒުވެފައިވާތީ، ކުރީބައިގައި ފުލުހުންގެ ސަމާލުކަމަށް އެކަން ގެނެސް ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުންވީ ކަމަށް ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވި ގޮތުގައި ނިރުބަވެރި އެތައް ހަމަލާއެއްގެ އިންޒާރު މީގެ ކުރިންވެސް ޔާމީނަށް ލިބިފައިވެއެވެ. އެމަނިކުފާނުގެ ވެރިކަމުގައި އާއި، ވެރިކަމަށްފަހުވެސް އެފަދަ އިންޒާރުތަކަށް ހުއްޓުމެއް ނާންނަ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ގޮތް ނޭނގޭ ބަޔަކު އެފަދަ ގޮތަކަށް ހަރަކާތްތެރި ވުމަކީ ރައީސް ޔާމީންގެ ނަފްސަށް އޮތް ބިރުވެރި ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އެ މައްސަލަ ހުށަހެޅީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔަކު ކުށްކުރުން ދުރާލާ ހުއްޓުވުމަށް އޮންނާތީ އާއި އެހެންކަމުން އެފަދަ ނުރައްކަލަކުން ރައީސް ޔާމީން ސަލާމަތް ކުރެއްވުމުގެ ގޮތުން ކަމަށް ވެސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ