ރާއްޖެއިން އާއްމުކޮށް ނުފެންނަ ބާވަތުގެ "ވައިލްޑް އިގުއާނާ"އެއް ފެނިއްޖެ

ރާއްޖެއިން އާއްމުކޮށް ނުފެންނަ ބާވަތުގެ "ވައިލްޑް އިގުއާނާ"އެއް ފެނިއްޖެ

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2021 05:22
0

ރާއްޖެއިން އާއްމުކޮށް ނުފެންނަ ބޮނޑުގެ ބާވަތެއްކަމުގައިވާ "ވައިލްޑް އިގުއާނާ"އެއް އެމްޕީއެލް ސަރަަޙައްދުން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމްޕީއެލް ސަރަހައްދުން މިއަދު 13:45 އެހާއިރު 2 ފޫޓެއްހާ ދިގުމިނުގެ ވައިލްޑް އިގުއާނާއެއް ފެނިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެކަން ރިޕޯޓުކޮށްފައިވާކަމަށެވެ.

މި ރިޕޯޓު ލިބުމާއި ގުޅިގެން ކޯސްޓްގާޑްގެ ސެކަންޑް ސްކޮޑްރަންގެ ޕޯޓް އެންޑް ހާބަރ ސެކިއުރިޓީގެ ބެލުމުގެ ދަށަށް އެ ބޮނޑު ރައްކާތެރިކަމާއެކު ގެނައުމަށްފަހު މިހާރު ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މީގެކުރިންވެސް ރާއްޖެއިން އާންމުކޮށް ނުފެން ބާވަތްތަކުގެ ބޮނޑު، ހަރުފަ އަދި އެނޫންވެސް ބާވަތްތަކުގެ ޖަނަވާރުތައް މާލޭގެ ބަނދަރުތައް ހިމެނޭ ސަރަހައްދުތަކުގެ ގުދަންތަކުން ވަނީ ފެނިފައެވ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.