ޓޫރިޒަމް މިނިސްޓްރީން ފެނުނީ މިނިސްޓަރަށް ފޮނުވި މާމުއި ފުޅިތަކެއް

ޓޫރިޒަމް މިނިސްޓްރީން ފެނުނީ މިނިސްޓަރަށް ފޮނުވި މާމުއި ފުޅިތަކެއް

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2021 04:02
0

ޓޫރިޒަމް މިނިސްޓްރީން ގޮތް ނޭނގޭ އެއްޗެއް ފެނިގެން އެމްއެންޑީއެފްގެ ބޮމްބް ސްކޮޑުން ހަރަކާތްތެރިވުމަށްފަހު އެތަނުން ފެނިފައިވަނީ ކަނދުރު އަޅާ ފޮއްޓެއްގައި ބަންދުކޮށްފައިވާ މާމުއި ފުޅިތަކެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާޓު ލިބިފައިވާ މި ފޮއްޓަކީ މިނިސްޓަރ ޑރ.އަބްދުﷲ މައުސޫމަށް އެޑްރެސްކޮށް ފޮނުވާފައިވާ ފޮއްޓެެކެވެ. ފޮށީގެ އެތޭގައި ހުރީ މާމުއި ފުޅިތަކެކެވެ. މިހާރު ސިފައިން ވަނީ މި ފޮށި ގަނޑު ފުލުހުންނާއި ހަވާލުކޮށް، މިނިސްޓްރީއަށް މުވައްޒިފުންނަށް ވަނުމަށްވެސް ހުއްދަ ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން އައިއީޑީއެއް ގޮއްވާލި ހާދިސާ އަށް ފަހު ސިފައިންނާއި ފުލުހުން ވެސް ޓެރަރިޒަމާ ގުޅުން ހުރި ކަންކަމަށް ދޭ ސަމާލުކަން ވަނީ އިތުރުކޮށްފައެވެ. މިފަދަ އަމަލުތައް ހިންގަފާނެ އަދި އެފަދަ ކަންކަމަށް ހިތްވަރު ދޭ މީހުންނާ ދެކޮޅަށް އޮޕަރޭންތަކެއް ވެސް ވަނީ ހިންގައިފައެވެ.

އޮފީސްތަކުން ގޮތް ނޭނގޭ ތަކެއްޗާއި ހަވާލު ނުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.