އުކުޅަހު ބަނދަރުގެ އެއްގަމު ތޮށީގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

އުކުޅަހު ބަނދަރުގެ އެއްގަމު ތޮށީގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2021 11:35
0

އއ.އުކުޅަހު ބަނދަރު މަޝްރޫއުގެ 75 އިންސައްތަ މަސައްކަތް ނިންމައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ އުކުޅަސް ބަނދަރުގެ އެއްގަމުތޮށި ލުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 75 ޕަސެންޓް ނިމިފައިވާކަމަށެވެ. މި މަޝްރޫޢުގެ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތާއި ބުޅި ހަރުކުރުމުގެ މަސައްކަތް ވަނީ ނިމިފައި ކަމަށާއި، އަދި މިހާރު ކުރިޔަށް ދަނީ ބަނދަރުގެ ޕޭވްމަންޓް މަސައްކަތް ކަމުގައެވެ.

މިމަޝްރޫޢުގެ ތެރެއިން އުކުޅަހު ބަނދަރުގެ 136މީޓަރުގެ އެއްގަމު ތޮށްޓެއް އިތުރުކުރުމާއި، 138.73މީޓަރުގެ ޖެޓީއެއް ހެދުމާއި 31މީޓަރުގެ ސަރަޙައްދުގައި ބޭރު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މީގެއިތުރަށް ބަނދަރާ އިންވެގެން 580އަކަ މީޓަރުގެ ސަރަޙައްދުގައި ޕޭމަންޓް ހެދުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނެއެވެ.

މިއީ ދައުލަތުގެ ބަޖެޓުން 19.9މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.