ކޯވިޑްގައި ތިނަދޫއިން މީހަކު ނިޔާވެއްޖެ

ކޯވިޑްގައި ތިނަދޫއިން މީހަކު ނިޔާވެއްޖެ

ކޯވިޑް-19ގައި ގދ.ތިނަދޫއިން މީހަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭއިން  ބުނީ ނިޔާވެފައިވަނީ ގދ.ކޮވިުޑް މެނޖްމަންޓް ފެސިލިޓީގައި ފަރުވާދެމުންއައި ޢުމުރުން 90 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އޭނާ ނިޔާވީ  މިއަދު އިރުއޮއްސި 06:30ހާއިރުކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ. މިއީ ރާއްޖެ އިން ކޯވިޑްގައި ނިޔާވި 226 ވަނަ މީހާއެވެ. އެންމެ ފަހުން ރާއްޖެއިން ކޯވީޑްގައި މީހަކު ނިޔާވެފައިވަނީ  މިމަހުގެ 23 ވަނަ ދުވަހުއެވެ.

ކޯވިޑް ބަލި ރާއްޖޭގައި ހަލުއި ކަމާއެކު ފެތުރެން ފެށުމާ ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ކޯވިޑް ފެތުރޭ މިންވަރުވަނީ ކޮންޓްރޯލް ކުރެވިފައެވެ. އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިހާތަނަށް 80،539 މީހުންވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 78،469 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *