ކައިވެނީގެ ހެދުމުގައި ދެމަފިރިން ކަސްރަތު ކުރާ ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް!

ކައިވެނީގެ ހެދުމުގައި ދެމަފިރިން ކަސްރަތު ކުރާ ވީޑިއޯއަކަށް ބޮޑު ސަމާލުކަމެއް!

Author
ފާތިމަތު ނާވީ
29 އޮގަސްޓް 2021 06:33
0

އިންޑިއާގައި ކައިވެނި ކުރި ދެމަފިރިއަކު ކައިވެނީގެ ރަސްމިއްޔާތު ތެރެއިން ޕުޝަޕްސް ހަދާ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ. މި ދެމަފިރިން ކައިވެނީގެ ހެދުމުގައި ޕުޝަޕްސް ހަދަނިކޮށް ނަގާފައިވާ މި ވީޑިއޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

މި ވީޑިއޯގައި ފެނިގެންދާ އަންހެން މީހާ އަކްޝިތާ އަރޯރާ މަހާޖަން އަކީ ޕިޓްނަސް އިންސްޓްރަކްޓަރެކެވެ. އަދި ވީޑިއޯ އިން ފެނިގެން ދާ އޭނާގެ ފިރިމީހާ އަދިތްޔާ މަހާޖަން އަކީވެސް ފިޓްނަސް ކޯޗެކެވެ.

ކައިވެނީގެ ދުވަހަކީ ތަފާތު ގޮތަކަށް ކޮންމެ މީހަކުވެސް ހަދާނުގައި ރައްކާކުރާ ދުވަކެވެ. އަކްޝިތާ އޭނާގެ އިންސްޓަގްރާމްގައި މި ވީޑިއޯ ވަނީ ހިއްސާކޮށްފައެވެ.

މި ދެމީހުން ކައިވެނީގެ ހަފްލާގައި ކޮށްލި މި ތަފާތު ކަމުގެ ސަބަބުން މި ވީޑިއޯ ވައިރަލްވެ ގިނަ ބައެއްގެ ތައުރީފް ވަނީ މި ޖޯޑަށް ލިބިފައެވެ.

ގިނަބަޔަކު ވަނީ މި ޕޯސްޓް ޝެއާކޮށް "ކަޕުލް ގޯލްސް" ކަމަށްވެސް ބުނެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކައިވެނީގެ ހަފްލާ ތެރެއިން މިފަދަ ތަފާތު ކަންކަން ކޮށްގެން އާންމުންގެ ސަމާލުކަން ހޯދުމަކީ އާންމުކޮށް ކުރާކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.