އެމްބާޕޭ ރެއާލްއަށް ބަދަލުވުމާއި ގާތަށް، މެޑްރިޑުން ހަޒާޑު ވިއްކާލަނީ

އެމްބާޕޭ ރެއާލްއަށް ބަދަލުވުމާއި ގާތަށް، މެޑްރިޑުން ހަޒާޑު ވިއްކާލަނީ

Author
މުޙައްމަދު ޝަޒައިމް
28 އޮގަސްޓް 2021 12:56
0

ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ގެންނަން ރެއާލް މެޑްރިޑުން ހަޒާޑް އާއި އިތުރު ކުޅުންތެރިންތަކެއް ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑުން ފްރާންސް ތަރި ކީލިއަން އެމްބާޕޭ ގަންނަން ކުރި ދެ ވަނަ ބިޑާ އެކު އޭނާ ވިއްކާލުމާ މެދު އަވަހަށް ގޮތެއް ނިންމަން ޕީއެސްޖީން މަޝްވަރާކުރަން ވަނީ ފަށާފައެވެ. ބެލެވޭ ގޮތުގައި މިފަހަރުގެ ބޮޑާއިއެކު ޕީއެސްޖީން އެމްބާޕޭ ވިއްކާލުމަކީ ގާތްކަމެކެވެ. އެމްބާޕޭ ގަންނަން ދެ ދުވަސް ކުރިން ރެއާލުން ކުރި ފުރަތަމަ ބިޑަކީ 188 މިިލިއަން ޑޮލަރު (160 މިލިއަން ޔޫރޯ)ގެ ބިޑެކެވެ. ފްރާންސްގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި ރެއާލުން އެމްބާޕޭ ގަންނަން އިއްޔެ ކުރި ބިޑަކީ 226 މިލިއަން ޑޮލަރުގެ (180 މިލިއަން ޔޫރޯގެ) ހުށަހެޅުމެކެވެ.

މި ފަހަރުގެ ޓްރާންސްފާގައި ރެއާލުން އެމްބާޕޭ ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު، އޭނާ މި ވަގުތު ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. މީގެ ކުރިންވެސް ރެއާލުން ވަނީ ދެ ފަހަރެއްގެ މަތިން އެމްބާޕޭ ހޯދުމަށް މަސައްކަތްކޮށްފައިވާއިރު، އޭނާ އެންމެ ފުރަތަމަ 2017 ވަނަ އަހަރު މޮނާކޯ ދޫކޮށް ބަދަލުވީ ޕީއެސްޖީއަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ.

އެމްބާޕޭ ބޮޑު އަގަކަށް ގެންނަން ރެއާލުން ތައްޔާރުވަމުންދާއިރު، އެޓީމުން ދަނީ މުހިންމު ކުޅުންތެރިންތަކެއް ވިއްކާލުމަށް މަސައްކަތް ފަށާފައެވެ. މަޝްހޫރު ގޯލް ޑޮޓްކޮމް އިން ބުނެފައިވަނީ އެމްބާޕޭ ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވެއްޖެ ނަމަ ހަޒާޑުގެ އިތުރުން އެ ކުލަބުން ދެން ވިއްކާލާނެ ކުޅުންތެރިންގެ ތެރޭގައި އަސެންސިއޯ އާއި ރޮޑްރިގޯ ހިމެނޭ ކަމަށެވެ.

ރެއާލުން ހަޒާޑް ދޫކޮށްލައިފި ނަމަ އޭނާ ދިއުން ގާތީ ކުރީގެ ކުލަބް ޗެލްސީއަށެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ހަޒާޑުގެ ފަރާތުން ތަފާތު ކުޅުމެއް ފެންނަ ނަމަ އޭނާ އެ ކުލަބުގައި ބަހައްޓާނެއެވެ. ޗެލްސީން ހަޒާޑް ރެއާލަށް ބަދަލުވީ 100 މިލިއަން ޔޫރޯއަށެވެ. އޭނާ ސޮއިކުރީ 2019 ވަނަ އަހަރުގައެވެ. ރެއާލް އާއެކު އޭނާގެ އެއްބަސްވުން ހަމަވާނީ 2024 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.