60 ބިހުން އެޅީ އެޅިގަލެއް ވަރުގެ ބިސްގަނޑެއް!

60 ބިހުން އެޅީ އެޅިގަލެއް ވަރުގެ ބިސްގަނޑެއް!

Author
މުޙައްމަދު ޝަޒައިމް
27 އޮކްޓޯބަރ 2020 10:24
0

ތަފާތު ރެސިޕީތައް އިންޓަނޭޓުން އެބަ ފެނެއެވެ. މީހުން ހައިރާންކޮށްލާ އެތައް ކެއުމަށް އެބަ ތައްޔާރު ކުރެއެވެ. މި ފަހަރު ފެނިގެން ދަނީ މާ ތަފާތު ކަމެކެވެ. ބޮޑު މާސިންގާ ބިސްގަނޑެއް މި އަޅާލަނީ 60 ބިހުންނެވެ.

އެ ވައިރަލް ވީޑިއޯއިން ފެނިގެން ދަނީ ކޮރެއަން ސްޓްރީޓް ފުޑް ވެންޑާއަކުން 60 ބިހުގެ ބޮޑު ބިސްގަނޑު އަޅާލާ މަންޒަރެވެ. އެ މަންޒަރު ފެންނަ ވީޑިއޯއާއެކު، ތައްޔާރުކުރާނެ ގޮތްވެސް މި ވަނީ ހާމަވެފައެވެ. މިހާރު އެކަމުގައި އުޅުނު ޝެފް މަޝްހޫރުވެ، އެތައް ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.
އެ ވީޑިއޯ އިން ފެނިގެން ދަނީ، ޝެފް 60 ބިސް ތައްޓަކަށް އަޅާލައެވެ. އަދި ލޮނު ކޮޅެއް އެއަށް އަޅާލައި ގިރާލައެވެ. އަދި އެއަށްފެހު އޭނާ ސްޕްރިން އޮނިއަން ލީފް ކޮށާލުމަށްފަހު އެއަށް އަޅައެވެ. އަދި ކެރެޓެއް އެ ބިސްތަށީގެ ތެރެއަށް ގާނާލައެވެ.

އެއަށްފަހު ފިޔާ ކޮށެއް ކޮށާލުމަށްފަހު އަޅާލައެވެ. މީޓް ކޮޅެއް އެޅުމަށްފަހު ބޮޑު ތަވާ މައްޗަށް ބިސް ފަތުރާލަނީ ތަވާ އުނދުންމަތީ ބޭންދުމަށްފަހު އެވެ. އަދި ބިސްގަނޑު ރަނގަޅަށް ރޯ ފިލުވުމުން އުނދުން މަތީ ތަވާ އެއް ފަރާތަކަށް ޖައްސާލައެވެ. ދެން ފެނިގެން ދަނީ ދެ ދޭފަތް ބޭނުންކޮށްގެން އެ ބިސްގަނޑު ރޯލްކޮށްލައެވެ. އަދި މިގޮތަށް ދެ ތިން ފަހަރެއްގެ މަތިން އެ ތަވާ މައްޗަށް ބާކީ ހުރި ބިސްކޮޅު އަޅާ ބޮޑު މާސިންގާ އެޅިގަލެއް ވަރުގެ ބިސްގަނޑު ރޯލްއެއް ތާއްޔާރުކޮށްލައެވެ. އަދި އޭނާ އޭތި ފޮތިފޮއްޗަށް ކަފާލައެވެ.

އަދި މިގޮތަށް ކަފާލުމަށްފަހު ތަށިތައްޓަށް އަޅައެވެ. އަދި އެތަނުގައި ވިއްކަން ބަހައްޓައެވެ.އެ ވީޑިއޯއަށް އެތައް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.