"ވޮޝިންގ ޕައުޑަރު ނިރްމާ" އިޝްތިހާރަކީ އިންޑިއާގެ އާންމު ޓީވީ އިޝްތިހާރުތައް ފަދަ ހިނިއަންނަ ޒާތެއްގެ އިޝްތިހާރެކެވެ. އެހެން ނަމަވެސް އިޝްތިހާރުގައި ކިޔާދޭ ލަވައަކީ ރީތި މަޑުމައިތިރި މެލޮޑީއަކަށް ކިޔާދީފައިވާ ލަވައެކެވެ.
މިފަހަރު މިއޮތީ އިޝްތިހާރުގައި ގެނެސްދިން މި ލަވައިގެ ރޮކް މެޓަލް ވާޝަންއެވެ. ރާއްޖޭގެ ރޮކްމެޓްލްގެ ރަސްގެފާނު އަޙްމަދު ޝަހީދު، އެންމެގެ ނަމުން ނަމަ ޝަހީދު ލެގަސީ ފޭނުންނަށް ދޫކޮށްލީ "ވޮޝިންގ ޕައުޑަރު ނިރްމާ" ރޮކްމެޓަލް ވީމަ އޮންނާނެ ގޮތެވެ. ވަރަށް ތަފާތެވެ.
Washing Powder Nirma Meets Metal ?
Nothing can beat washing powder Nirmaaaaaa ?? pic.twitter.com/yp9BvFp2fE
— Shahyd Legacy (@ShahydLegacy) August 24, 2021
އަބަދުވެސް ފޭނުން އެންޓަރޓެއިން ކޮށްދިނުމަށް އިސްކަންދޭ ޝަހީދު ލެގަސީ އަކީ އަބަދުވެސް މިފަދަ ތަފާތު ހުށަހެޅުން ސަޕޯޓަރުންނަށް ގެނެސްދޭ އާޓިސްޓެކެވެ.
ޝަހީދު ލެގަސީ މިހާތަނަށް ސަޕޯޓަރުންނަށް ގެނެސްދީފައި ވާ ރޮކްމެޓަލް ވަރޝަން ތަކުގެ ތެރެއިން ސަޕޯޓަރުން އެންމެ ބަލައިގެންފައި ވާ މިއުޒިކް ތަކަށް ބަލާއިރު މަޖިލީހުގެ ޖަލްސާ ބެކްމިއުޒިކާއެކު އޮންނާނެ ގޮތް، “ޗައްޕޫ، ޗިއްޕޫ އޭ ޗުއްޕޫ” ލަވަ، “ދިރިއުޅުމަކީ މިއީ ބާ”ގެ ތީމް މިއުޒިކް، “ދިންވޭނުގެ ހިތާމާގައި” ލަވަވެސް ފާހަގަކޮށްލެވެއެވެ. މިނޫނަށް ގިނަ އަދަދެއްގެ ރޮކް މެޓަލް ކަވަރ ތަށް ޝަހީދު ވަނީ ސޯޝަލް މީޑިއާގެ އެކި ވަސީލަތްތަކުން ސަޕޯޓަރުންނާ ހަމައަށް ގެނެސްދީފައެވެ.
އޭގެތެރޭގައި މަޝްހޫރި އެތަށް ހިންދީ ލަވައަކާއި އިނގިރޭސި މިއުޒިކްތައްވެސް ޝަހީދު މިހާތަނަށް ރޮކް މެޓަލްކޮށް ވަނީ ގެނެސްދީފަ އެވެ.
ކޮމެންޓު ފޮނުވާ