އަދަދު މައްޗަށް ޖެހިލައިފި، މިއަދު 151 މީހުން ޕޮޒިޓިވް

އަދަދު މައްޗަށް ޖެހިލައިފި، މިއަދު 151 މީހުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 151 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭ އިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިރުތެރޭ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 151 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 42 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 98 މީހަކާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 04 މީހެކެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 80،218 އަށް އަރާފައެވެ. މި ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން ދަނީ 1،687 މީހުންނެވެ. މީގެތެރެއިން އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 15މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައި ވަނީ 105 މީހުނެވެ. މިއާއެކު މި ބަލިން މުޅިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 78،294 އަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 6،736 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖޭގައި މިހާތަނަށް ވަނީ 225 ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 208 ދިވެހިންނާ 17 ބިދޭސީންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *