އދ.ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ޝާހިދު ޖަޕާނަށް ވަޑައިގަންނަވަނީ

އދ.ގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސް ޝާހިދު ޖަޕާނަށް ވަޑައިގަންނަވަނީ

Author
މުޙައްމަދު ޝަޒައިމް
24 އޮގަސްޓް 2021 02:01
0

އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާން ސަރުކާރުގެ ދައުވަތަކަށް ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އޮގަސްޓް 26 އިން 28 އަށް ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު، ޖަޕާނުގެ ބޮޑުވަޒީރު ސޫގާ ޔޮޝިހީޑޭ ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޖަޕާނުގެ ފޮރިން މިނިސްޓަރ މޮޓޭގީ ޓޮޝިމިޓްސޫއާ ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި އދގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، އާއްމު މޖިލީހުގެ ރިޔާސަތާ އެކުގައި ޖަޕާނުން މަސައްކަތްކުރުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދުއާއި ޖަޕާން ސަރުކާރާ ދެމެދު މަޝްވަރާކުރެވޭނެއެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންވެސް ޖަޕާން ސަރުކާރާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.