ރަޝިއާއި ސައުދީ އަރަބިއާއިން، އަސްކަރީގޮތުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން، ސައުދީ އަރަބިއާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރ ހާމަ ކުރައްވައިފިއެވެ.
"ރަޝިއަން ފެޑެރޭޝަންއާއި ސައުދީ އަރަބިއާދެމެދު އަސްކަރީގޮތުން އެއްބާރުލުން ދިނުމާއި ގުޅޭއް އެއްބަސްވުމެގައި މިއަދު އަހަރެން، ޑެޕިއުޓީ ޑިފެންސް މިނިސްޓަރ ކާނަލް ޖެނެރަލް އެލެގްޒެންޑަރ ފޮމިންއާއެކު ސޮއިކޮށްފިން،" ސައިދީ އަރަބިއާގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރ ޕްރިންސް ޚާލިދު ބިން ސަލްމާން ޓުވީޓު ކުރައްވާފައި ވެއެވެ.
Met with Russian Defense Minister Sergey Shoygu to explore ways to strengthen the military and defense cooperation between our two countries. We discussed our common endeavor to preserve stability and security in the region, and reviewed shared challenges facing our countries. pic.twitter.com/T7lVdITZPt
— Khalid bin Salman خالد بن سلمان (@kbsalsaud) August 23, 2021
ޕްރިންސް ޚާދިލުދުވަނީ، ރަޝިއާއި ސައުދީ އަރަބިއާއި ދެމެދު އަސްކަރީ އަދި ދިފާޢީ ގުޅުން އިތުރަށް ބަދަހި ކުރެވޭ ގޮތްތަކާމެދު މަޝްވަރާ ކުރުމަށް، މި ހަފްތާގެ ހޯމަދުވަހު، ރަޝިއާގެ ޑިފެންސް މިނިސްޓަރ ސަރުގޭ ޝޯއިގުއާއި ބައްދަލު ކުރައްވާފައެވެ.
"ސަރަހައްދީ ހަމަޖެހުމާއި ސަލާމަތާ ގުޅޭގޮތުން ދެގައުމުން އެއްބަސްވާ ކަންކަމާ ގުޅޭގޮތުންނާއި، އަދި ދެގައުމަށްވެސް ކުރިމަތިވަމުންދާ ގޮންޖެހުތަކާ ބެހޭގޮތުން އަހަމެން މަޝްވަރާ ކުރިން،" މި ބައްދަލުވުމަށްފަހު ޕްރިންސް ޚާލިދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.